މޮޅު ކްރިކެޓް ކުޅުންތެރިޔަކަށް ހެދުމަށް އޭނާގެ ބައްޕަ ބޭނުންވި ކަމަށް ސަލްމާން ހާން ބުނެފިއެވެ.
ސާނިޔާ މިރްޒާގެ އޮޓޯބައޮޔޮގްރަފީ ލޯންޗުކުރުމަށް ބޭއްވި ހަފުލާގައި ވާހަކަދައްކަމުން ސަލްމާން ހާން ބުނީ ކްރިކެޓު ކުޅުންތެރިޔަކަށް ހެދުމަށް ބައްޕަ ވަރަށް މަސައްކަތްކުރި ކަމަށެވެ.
ފާއިތުވި 30 އަހަރު ބޮލީވުޑުގައި ފަނޑުވުމެއްނެތި ފިޔަ ޖަހަމުން އަންނަ ސަލްމާން ހާން ބުނީ އެކްޓަރަކަށް ވުމާއި ހަމަޔަށް އޭނާ ކްރިކެޓުގެ ދުނިޔެއިން ފެނުމުގެ ފުރުސަތު ބޮޑުކޮށް އޮތް ކަމަށެވެ. މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ސާލިމް ދުރާނީ އޭނާގެ ކޯޗަކަށް ހަމަޖައްސައި މޮޅު ކުޅުންތެރިއަކަށް ވެވިދާނެ ކަމުގައި ކޯޗުވެސް ބުނެފައިވާ ކަން ސަލްމާން ފާހަގަކުރިއެވެ.
ބައްޕަ ވަރަށް ބޮޑަށް ސަލްމާން ކްރިކެޓު ކުޅުންތެރިއަކަށް ވުމަށް ބޭނުންވި ކަމަށާއި، ނަމަވެސް ކޮންމެ ދުވަހަކު ފަތިހު 5.30ގައި ޕްރެކްޓިހަށް ދިއުމަކީ އޭނާ ކުރަން ބޭނުންވި ކަމެއް ނޫން ކަމަށް ސަލްމާން ބުންޏެވެ. ސާލިމް ދުރާނީގެ ކޯޗުކަމުގެ ދަށުން ފުރަތަމަ ދުވަހު އޭނާ ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ދެވަނަ ދުވަހު ކޯޗު އެކަން ފާހަގަކުރި ކަމަށާއި އަދި ތިންވަނަ ދުވަހު ބައްޕައަށް ގުޅައި އޭނާއަށް މޮޅު ކުޅުންތެރިއަކަށް ވެވިދާނެ ކަމަށް ބުނެފައިވާ ކަން ސަލްމާން ފާހަގަކުރިއެވެ. އެދުވަހު ސަލްމާންގެ ބައްޕަ އޭނާ ކުޅޭތަން ބަލަން ދިއުމުން މޮޅަށް ނުކުޅެން ނިންމި ކަމުގައިވެސް ސަލްމާން ވަނީ ކިޔައިދީފައެވެ
އިތުރަށް ވާހަކަ ދައްކަމުން ސަލްމާން ބުނީ ސްކޫލަށް ދިއުމަކީވެސް އޭނާއަށް ކުރަން ފަސޭހަ ކަމެއް ނޫން ކަމަށެވެ. ހެނދުނު ނުވައެއް ޖަހާއިރުގެ ކުލާހަށް ދިއުމަށް ގިނަ ފަހަރަށް ހޭލެވޭނީ 8.30 ގައި ކަމަށާއި ގަޑި ނުޖެހި ސްކޫލަށް ދެވޭނީ ކިރިޔާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން