ގއ. އަތޮޅު ހޮސްޕިޓަލްގައި ސިޔާސީ މަގާމެއް އުފައްދަވައި އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ ހޮސްޕިޓަލްގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ކަމަށް ރައީސް ސޯލިހު އައްޔަން ކުރެއްވީ ގއ. ވިލިނގިލި، ފަތަކުމާގެ، ޝާފިޒު މޫސާ އެވެ.

ޝާފިޒް މިރޭ "ވަން" އަށް ވިދާޅުވީ ރައީސް ސޯލިހު އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ. މިހާތަނަށް އޭނާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ކަމުގަ އެވެ.

ޝާފިޒަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެ ހޮސްޕިޓަލްގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.