މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ)ގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅަކު މިއަދު އައްޔަނުކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ ދަފްތަރު ނަންބަރު 3851، އަހުމަދު ނަޝީދެވެ. އެ މަގާމަށް އޭނާ އައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުގެ މަގާމާއި އެއް ފެންވަރުގައެވެ.
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯއަކަށް އައްޔަނުކުރެއްވުމާ ހަމައަށް ނަޝީދު ހުންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައެވެ. އޭނާ އަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
ނަޝީދު ވަނީ އޮސްޓްރޭލިއާގެ ކާޓިން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީއިން މާސްޓާ އޮފް އިންޖިނިއަރިން ސައިންސް (ރިނިއުބަލް އެނަޖީ އިންޖިނިއަރިން) ހާސިލް ކުރައްވާފައެވެ.
ނަޝީދަކީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު