މާލޭ ސަރަހައްދުގެ ކާފިއު ވަގުތު ހަވީރު 4:00 އިން އިން ފަތިހު 4:00 އަށް ކުޑަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ހާލަތަށް ބެލުމަށް ފަހު ކުރިއަށް އޮތް ދެ ހަފްތާއަށް ބައެއް ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ކާފިއުގެ ވަގުތު ކުރުކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"ފުރަތަމަ ކަމަކަށް ކާފިއުގެ ވަގުތު މިއޮތީ ހަވީރު 4:00 އިން ހެނދުނު 8:00 އަކަށް. މިވަގުތު މި ބަދަލުވަނީ ހަވީރު 4:00 އިން ފަތިހު 4:00 އަކަށް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ބަދަލާއެކު ކާފިއު ނޫން ގަޑިތަކުގައި އެކަނި ކުރާ ކަސްރަތުތައް ކުރެވޭނެ ކަމަށާއި އެކަަމަށް ހުއްދައެއް ބޭނުން ނުވާނެ ކަމަށެވެ. ނަމަވެސް ހެނދުނު 8:00 އިން ހަވީރު 4:00 އަކަށް ބޭރުގައި އުޅެވޭނީ މިހާރެކޭވެސް އެއްފަދައިން ހައުސްހޯލްޑް ޕާމިޓް އޮންނަ މީހުންނަށް ކަމަށް ވިދާޅުވިއެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، އުސޫލުތަކަކާއެކު ސެލޫންތަކާއި ބޯކޮށާ ތަންތަން ހުޅުވުމުގެ ހުއްދަވެސް ދޭނެ ކަމަށާއި ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާގައިވެސް އަތޮޅުތެރެޔަށް ދަތުރުކުރުމުގައި އެއްވެސް ލުޔެއް ދޭން ނިންމާފައި ނުވާ ކަމަށެވެ.
މާލޭ ސަރަހައްދުގައި ކާފިއު ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާއިރު 16 ގަޑިއިރަށް ކާފިއު ހިންގަން ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު