ޔޫރޯ 2020ގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޕޮލެންޑާއި ސްލޮވޭކިއާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ރަޝިއާގެ ސެއިންޓް ޕީޓާސްބާގް ސްޓޭޑިއަމްގައި މިރޭ ސްލޮވޭކިއާއި ޕޮލެންޑް ކުޅޭ މެޗަކީ ސެއިންޓް ޕީޓާސްބާގްގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި ކުޅެވޭނެ ދެވަނަ މެޗު. ފުރަތަމަ އެ ސްޓޭޑިއަމްގައި ކުޅެފައި ވަނީ ރަޝިއާއި ބެލްޖިއަމް ވާދަކުރި މެޗު.

  • ކްރެސްޓޯވްސްކީ ސްޓޭޑިއަމްގެ ބައެއް މުހިއްމު މައުލޫމާތު

- އޭޕްރީލް 2017 އިން ފެށިގެން ރަޝިޔާ ލީގުގެ ޒެނިތުގެ ހޯމް ސްޓޭޑިއަމް

- 2018 ވަނަ އަހަރު ވޯލްޑް ކަޕް ހަތް މެޗު ކުޅުނު

- ޑިޒައިން ކޮށްފައި ވަނީ ޖަޕާނުގެ އާކިޓެކްޓް ކިޝޯ ކުރޮކާވާ

- ސްލޮވޭކިއާއަކީ ދުނިޔޭ ފުޓުބޯޅައިގައި އެންމެ ހަގު އެއް ގައުމު.

- 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ސްލޮވޭކިއާ ކުޅެ، ގަދަ 16އަށް ދަތުރުކުރި.

- ޕޮލެންޑަކީ އިދިކޮޅަށް ކުޅެން އަބަދުވެސް އުނދަގޫ ޓީމެއްގެ ގޮތުގައި ފާހަގަވާ ޓީމެއް.

- ޕޮލެންޑް ޔޫރޯގައި ވާދަކޮށްފައިވާ އިރު، އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 2008 ވަނަ އަހަރުގައި.

- އެޓީމުން ވަނީ 2016 ވަނަ އަހަރު ކުއާޓާއަށް ދަތުރު ކޮށްފައި.

- މެޗުގެ ތަރިއަކީ ޕޮލެންޑްގެ ފޯވަޑް، ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ.

ދެގައުމުގެ ހެޑް ޓު ހެޑް ކުރިމަތިލުންތަކަށް ބަލާއިރު މާ ބޮޑު ފަރަގެއް ނެތް. ޖުމުލަ އަށް މެޗެއްގައި ދެޓީމު ކުޅެފައިވާ އިރު، ހަތަރު މެޗުން މޮޅުވީ ސްލޮވޭކިއާ. ތިން މެޗުން ޕޮލެންޑް ކުރި ހޯދިއިރު އަނެއް މެޗު ނިމިފައި ވަނީ އެއްވަރު ވެގެން. އެންމެފަހުން މި ދެގައުމު ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރުގެ އެކުވެރިކަމުގެ މެޗެއްގައި.