ޔޫރޯ 2020 ގެ ގްރޫޕް ބީގައި މިރޭ ކުޅެމުންދިޔަ ޑެންމާކާއި ފިންލޭންޑް ވާދަކުރާ މެޗުގައި ޑެންމާކުގެ ތަރި ކްރިސްޓިއަން އެރިކްސަން ކުއްލިއަކަށް ދަނޑުމައްޗަށް ވެއްޓުމާއެކު މެޗު މެދުކަނޑާލަން ނިންމާފައިވުމާއެކު ކްރައިސިސް މީޓިންއެއް ކުރިއަށްދާ ކަމަށް ޔޫއެފާއިން ބުނެފިއެވެ.
ޔޫއެފާއިން ރަސްމީކޮށް ބުނެފައި ވަނީ އެރިކްސަންއަށް ދިމާވި މެޑިކަލް އެމަޖެންސީ ހާލަތާއެކު ދެޓީމުގެ އޮފިޝަލުންނާއި މެޗު އޮފިޝަލުންނާވެސް އެކު މިވަގުތު ކްރައިސިސް މީޓިންއެއް ކުރިއަށްދާ ކަމަށެވެ. އަދި މެޗާއެކު ކުރިއަށްދާނެ ގޮތަކާއި، އެ ހާދިސާއާއެކު ގުޅޭ އިތުރު ތަފްސީލު މިރޭ ރާއްޖެ ގަޑިން 10:45 ގައި ދޭނެ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.
މިވަގުތު އެރިކްސަން ހޮސްޕިޓަލަށް ގެންގޮސް ހާލަތު ސްޓޭބަލް ކޮށްފައިވާ ކަމަށްވެސް ޔޫއެފާއިން ބުނެފައިވެއެވެ.
ފިންލޭންޑާ ޑެންމާކު ވާދަކުރި މެޗުގެ ފުރަތަމަ ހާފު ނިމެން ކުޑައިރުކޮޅަކަށް ވެފައި ވަނިކޮށް އެރިކްސަން ދަނޑު މައްޗަށް ވެއްޓުމާއެކު ރެފްރީ ވަނީ މެޗު މެދުކަނޑާލައިފައެވެ. މެޑިކަލް އެމަޖެންސީއެއްގައި ރެފްރީ މެޗު މެދުކަނޑާލަން ނިންމައި ވަގުތުން ވަނީ މެޑިކަލް ސްޓާފުން ދަނޑަށް އަރުވައިފައެވެ.
އެ ވަގުތާއެކު މުޅި ދަނޑަށް މާޔޫސްކަން ވެރިވެ، ދެޓީމުގެ ކުޅުންތެރިންގެ ފަރާތުންވެސް ކަންބޮޑުވުން ވަނީ ފެނިފައެވެ. ޑެންމާކާއި ފިންލޭންޑް ކުޅުންތެރިންނާއި ސަޕޯޓަރުންވެސް ރޮމުންދިޔަ ތަން ފެނިފައިވާ އިރު، އެރިކްސަންގެ އަންހެނުންވެސް ވަނީ ރޮވިފައި ހުރެ ދަނޑު ކައިރިއަށް ގޮސްފައެވެ.
އެރިކްސަން ހޭ އަރާފައިވާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ގެޓީ އިމޭޖްސްއިން ވަނީ އާންމު ކޮށްފައެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020