ޔޫރޯ 2020 ގެ ގްރޫޕް ބީގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ގްރޫޕް ބީގެ ފުރަތަމަ މެޗުގައި ފިންލޭންޑް ނުކުންނާނީ ޑެންމާކާ ދެކޮޅަށް. އެ މެޗަށް ދެޓީމު ނުކުންނާނީ ޑެންމާކުގެ ކޯޕަން ހޭގަންގެ ޕާކެން ސްޓޭޑިއަމްގައި.
- ކޯޕަން ހޭގަންއާއި ޕާކެން ސްޓޭޑިއަމްގެ ބައެއް މުހިއްމު މައުލޫމާތު
ސިޓީ: ކޯޕެންހޭގަން
ސްޓޭޑިއަމް: ޕާކެން ސްޓޭޑިއަމް
ސަޕޯޓަރުންގެ ޖާގަ: 38،065 މީހުން
އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 11،236 މީހުން (25-33 ޕަސެންޓް)
ކޯޕަންހޭގަން
- ދުނިޔޭގެ އެންމެ އުފާވެރި އެއް ސިޓީ ކަމަށް ދިރާސާތައް ބުނެފައިވޭ
- ބައިސްކަލުގެ ދަތުރުތައް ގިނަ، އާބާދީގެ ދެބައިކުޅަ އެއްބައި ކޮންމެ ދުވަހަކުވެސް ބައިސްކަލް ބޭނުން ކުރޭ
- ސްވިޑެންއާ ޑެންމާކް ގުޅުވައިދޭ އޮރެސުންޑް ބްރިޖު ހިމެނޭ ސިޓީ
ޕާކެން ސްޓޭޑިއަން
- ޑެންމާކްގެ އެންމެ ބޮޑު ސްޓޭޑިއަމް، ޔޫރޯގެ އެންމެ ކުޑަ ސްޓޭޑިއަމް
- ޑެނިޝް ލީގުގެ އެފްސީ ކޯޕަންހޭގަންގެ ހޯމް ސްޓޭޑިއަމް
- ޑެންމާކް ގައުމީ ޓީމުގެ ހޯމް ސްޓޭޑިއަމް
- 1994 ވަނަ އަހަރު ޔޫރޮޕިއަން ކަޕް ވިނާސް ކަޕް، އޭގެ ހަ އަހަރު ފަހުން ޔޫއެފާ ކަޕް ފައިނަލް ކުޅުނު ސްޓޭޑިއަމް، ދެ މެޗުގައިވެސް އާސެނަލް ކުޅެފައިވޭ
ޑެންމާކާއި ފިންލޭންޑަކީ ތާރީހެއް އޮތް ދެޓީމު. ގިނަ މެޗުތަކެއްގައި ދެޓީމު ވަނީ ކުރިމަތިލާފައި. ވާދަވެރި 58 މެޗުގައި ފިންލޭންޑާއި ޑެންމާކު ވާދަކޮށްފައިވާ އިރު، ތާރީހަށް ބަލައި ކުރި ލިބެނީ ޑެންމާކަށް. އެޓީމުން 36 ފަހަރު ފިންލޭންޑް ބަލިކޮށްފައިވޭ. ފިންލޭންޑަށް ޑެންމާކު ބަލި ކުރެވުނީ 13 ފަހަރަކު. އެންމެފަހުން ފިންލޭންޑުން ޑެންމާކު ބަލިކުރީ 2000 ވަނަ އަހަރު. ޑެންމާކާއި ފިންލޭންޑް އެންމެ ފަހުން 2011 ވަނަ އަހަރު ކުޅުނު މެޗުން ޑެންމާކު ވަނީ 2-1 އިން މޮޅުވެފައި. އެ ދެޓީމު ވާދަކުރި ނުވަ މެޗެއް ވަނީ އެއްވަރުވެގެން ނިމިފައި.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020