ށ. ނަރުދޫގައި ދެ ފާރުދޭތެރޭ ތާށިވި ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ނަރުދޫ ކައުންސިލުގެ ރައީސް މުހައްމަދު މުސްތަރުސިދު "ވަން" އަށް ވިދާޅުވީ، މިއަދު މެންދުރު 1:10 އެހާކަންހާ އިރު އެކުއްޖާ ދެ ފާރުދޭތެރޭ ތަށިވީ، ކުދިންތަކަކާއެކު ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.
"އެ ދެފާރު އިންނަނީީ ވަދެގެންދާ ވަރަކަށް ހަނިކޮށް. ފާރު ރާނާފައި ހުންނަ ގޮތުން ބޭރަށް އިންނަނީ ފުޅާކޮށް އެތެރެއަށް ވަދެވޭ ގޮތައް. އެކުއްޖާ ދެ ފާރު ދޭތެރޭގައި ތާށިވުމުން ވަރަށް ގިނަ ބަޔަކު އައިސް ފާރުގައި ލޯވަޅެއް އަޅައިގެން ކުއްޖާ މި ނެރުނީ" މުސްތަރުސިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކުއްޖާ ތާށިވި ދެ ފާރުދޭތެރޭގައި ހުންނާނީ ފޫޓެއްހާ ޖާގައެވެ. އަދި އެ ކުއްޖާ އެތަނުން ސަލާމަތް ކުރުމަށް ލޯވަޅު އެޅި ފާރަކީ ގެއެއްގެ ކޮޓަރިއެއްގެ އެއް ބިތް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު