ކ. ރިހިވެލި ހުރާ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ރިހިވެލި ރިސޯޓުން މީހަކު ގެއްލިގެން މިއަދު މެންދުރު 12:49 ގައި ރިޕޯޓު ކޮށްފައިވަ ކަމަށެވެ. އަދި މިކަމުގައި ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ބުންޏެވެ.
ނަމަވެސް ގެއްލިގެން ހޯދަނީ ކާކު ކަމެއް އަދި އެމީހާ އާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މިއީ އެ ރިސޯޓުގެ އެޗްއާރްގެ މަގާމުގައި ހުރި މީހާއެވެ. ނަމަވެސް މި ފަހުން އޭނާ ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.
ކޮވިޑު-19 އާ ގުޅިގެން ބޯޑަރުތައް ބަންދުކުރުމުން ގިނަ އަދަދެއްގެ ރިސޯޓުތައް ބަންދުކުރި އެވެ . އެގޮތުން ރިހިވެލި ރިސޯޓު ބަންދު ކުރި ގޮތަށް އަދި ގެސްޓުންނަށް ހުޅުވާފަ އެއް ނުވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު