ރާޖު އޭނާގެ ކުރީގެ ކައިވެނީގެ ހަގީގަތްތައްޝިލްޕާގެ ދިފާއުގައި ހާމަކޮށްފި އެވެ.
ރާޖްގެ ކުރީގެ އަންހެނުން ކަވާތީ ވަނީ، ޝިލްޕާ ޝެޓީ އެ ދެމަފިރިންގެ ދެމެދަށް ވަދެ ކައިވެނި ރޫޅާލި ކުގެ ތުހުމަތު ކޮށްފަ އެވެ. މިވާހަކަތައް އަނެއްކާވެސް ޝިލްޕާގެ 46 ވަނަ އުފަންދުވަހާ ދިމާކޮށް މިވަނީ ގަދަވާން ފަށާފައެވެ.
މިއިން އެއްވެސް ކަމަކާ ގުޅޭ ގޮތުން މިވީހާ ތަނަށް ޝިލްޕާ އަދި ރާޖުވެސް މީޑިއާގައި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އަންހެނުންގެ މައްޗަށް ކުރަމުން އަންނަ ދޮގު ތުހުމަތުތަކަށް ކެތް ނުކުރެވިގެން އެންމެ ފަހުން ރާޖު މިވަނީ ކުރީގެ ކައިވެނި ރޫޅެން ދިމާވި ސަބަބު ކިޔައިދީފައެވެ.
ރާޖު ބުނެފައިވަނީ މީގެ 11 އަހަރު ކުރީން ޝިލްޕާއާ ގުޅުވައިގެން ކަވީތާ ދައްކާފައިވާ ވާހަކަތައް ހިމެނޭ ވީޑިއޯ އަނެއްކާ ވެސް ޝިލްޕާގެ އުފަންދުވަހާ ގުޅުވައިގެން ވައިރަލް ވެ ދޮގު ތުހުމަތުގެ އަޑު ގަދަވެފައިވާތީ ހިތާމަކުރާ ކަމަށެވެ.
މި އިންޓަވިއުގައި ރާޖު ބުނެފައިވަނީ 12 އަހަރުވަންދެން އޭނާ މިކަމުގައި ހަނު ހުރެވިއްޖެކަމަށާއި އިތުރަށް ދެން ކެތް ކުރަން ބޭނުންނުވާކަމަށެވެ. ކަވީތާ އެވާހަކަތައް ދައްކަނީ ކޮންމެވެސް އެޖެންޑާއެއް އޮވެގެންކަމަށް އޭނާ ވަނީ ބުނެފައެވެ. ކަވީތާއަށް މީގެ ކުރިންވެސް އެވާހަކަތައް ދެއްކުމަށް ގިނަ އަދަދަކުން ފައިސާދީފައިވާކަމަށާއި، ކައިވެނި ރޫޅުމުގެ ޒިއްމާ ޝިލްޕާގެ ބޮލުގައި އަޅުވާ ދައްކާފައިވާ ވާހަކަތަކަށް މީޑިއާއަކުން އޭނާއަށް ގިނަ އަދަދެއްގެ ފައިސާ ދީފައިވާކަން ކަވީތާގެ ބޭންކް ސްޓޭޓްމަންޓުތަކުން ހާމަވާނެކަމަށް އޭނާ ބުނެފައިވެއެވެ.
ރާޖް އާއި ކަވީތާގެ ކައިވެނި ރޫޅުނީ ކަވީތާގެ ބޭވަފާތެރިކަމުން ކަމަށާއި އެކަން އޭނާއަށްވެސް ރަނގަޅަށް އެނގޭނެކަމުގައި ރާޖް ވަނީ ބުނެފައެވެ.
ކައިވެންޏަށްފަހު ދިރިއުޅެމުން އައީ ރާޖުގެ މައިންބަފައިންނާއެކު އިނގިރޭސިވިލާތުގައި ހުރި ގޭގައި ކަމަށާއި ކޮއްކޮއާއި އޭނާގެ ފިރިމީހާ ދުވަސްކޮޅަކުން އެގޭގައި ދިރިއުޅުމަށް ބަދަލުވިކަމުގައި އޭނާ ވަނީ ކިޔައިދީފައެވެ. ކަވީތާއާއި ކޮއްކޮގެ ފިރިމީހާ ވަންޝްއާއި ވަރަށް ގާތް ގުޅުމެއް އުފެދެން ފެށިކަމަށާއި، ވިޔަފާރި ދަތުރުތަކުގައި ރަށުން ބޭރަށް ދިއުމުން މިދެމީހުންގެ ދެމެދުގައި ގޯސް ގުޅުމެއް ހިނގާކަމަށް ޝައްކު ކުރެވޭ ވާހަކަތަކެއް އާއިލާގެ މީހުންނާއި ގޭގައި މަސައްކަތްކުރާ މީހުން އަދި ޑުރައިވަރުވެސް އޭނާ ގާތުގައި ދައްކާ ކަމަށާއި ނަމަވެސް އެވާހަކަތަކަށް މާބޮޑު ސަމާލުކަމެއް އޭރު ދީފައި ނުވާ ކަމުގައި ރާޖު ވަނީ ބުނެފައެވެ. ނަމަވެސް މިސަބަބުތަކާ ހެދި ކޮއްކޮ އެންމެފަހުން ވަންޝްއާއެކު އިންޑިއާއަށް ބަދަލުވެފައިވާ ކަމުގައި އޭނާ ވަނީ ބުނެފައެވެ.
މިހާ ހިސާބުންވެސް ގުޅުން ނުނިމޭ ކަމަށާއި، ކަވީތާ އަދި ރާއްޖު އަށް ކުއްޖެއް ލިބުމުން ގޭގައި މަޑުކުރި ދުވަސްތަކުގައިވެސް ކަވީތާ ގިނަ ވަގުތު ފާހާނާގައި ހޭދަކުރާ ކަމަށާއި މިކަމުގެ ހަގީގަތް އެނގުނީ އިންޑިއާގައި ހުރި ވަންޝް ސިއްރު ފޯނެއް ގެންގުޅޭކަން ކޮއްކޮއަށް ފަޅާ އެރި ހިސާބުން ކަމުގައި ވަނީ ބުނެފައެވެ.
އެ ފޯނަށް މެސެޖުކޮށް ހަދާފައި ހުންނަނީ ޔޫކޭގެ ނަމްބަރަކުން ކަމަށާއި އެނަންބަރުގެ ހަގީގަތް ހޯދިއިރު ކަވީތާ ގެންގުޅޭ ސިއްރު ފޯނަކާއި ގުޅޭކަން ހާމަވިއެވެ. އެވަގުތު ކޮއްކޮވެސް އިނީ ބަލިވެ ކަމަށާއި އޭނާއަށް ހަގީގަތް ކިޔާދީފައި ވާނެ ކަމަށާއި ނަމަވެސް އެހިސާބުންވެސް އަންހެނުންނާ ދިމާއަށް އެއްޗެއް ނުބުނަން ނިންމި ކަމުގައި ރާޖު ވަނީ ބުނެފައެވެ. ދަރިފުޅާއެކު މާކުރިންވެސް ކަވީތާ އޭނާގެ މަންމަ ގާތަށް 30 ދުވަހަށް ދިއުމަށް ހަމަޖެހިފައިވާތީ އޭނާ ގެއަށް ލުމަށްފަހު އަނބުރާ ނުގެނައުމަށް ނިންމި ކަމަށާއި އެންމެ 40 ދުވަހުގެ ދަރިފުޅަށް އަލްވަދާއު ކިޔުން ވީ ވަރަށް ވޭން ހުރި ކަމަކަށް ކަން ރާޖު އިންޓަވިއުގައި ވަނީ ބުނެފައެވެ. އަދި އެނބުރި ޔޫކޭއަށް ގޮސް މެސެޖުކޮށްފައި ގުޅުން ނިންމާލީ ކަމުގައި ކޮއްކޮ އާއި ދެމީހުން ވެގެން ބައިވެރިންނަށް އެންގި ކަމުގައި ރާޖުވަނީ ބުނެފައެވެ.
ދަރިފުޅު ދެކިލުމަށް ބްރިޓިޝްގެ ކޯޓުތަކުގައި ދުވަން ޖެހުނު ކަމަށާއި އެގައުމުގެ ކޯޓުން އޭނާއަށް ހުއްދަ ދީފައިވަނީ ދަރިފުޅާ ހަފުތާއަކު އެއް ދުވަހު ބައްދަލުވާ ގޮތަށް ކަމުން އެތައް މަހެއް ވަންދެން ބާމިންގްހަމްއާ ދޭތެރޭ ދެގަޑިއިރަށް ދަރިފުޅު ގެނެސް ގެންގޮސް ހެދުމުގައި ހޭދަކޮށްފައިވާނެ ކަމުގައިވެސް އޭނާ ވަނީ ކިޔާދީފައެވެ. އަދި ވަރީގެ މައްސަލަތައް ކުރިއަށް ދިޔައީ ދެމީހުން އެކުގައި އުޅުން ހުއްޓާލިތާ 9 މަސް ދުވަސް ފަހުން ކަމުގައިވެސް އޭނާ ބުނެއެވެ. ވަރީގެ ކަންތައްތަކުގެ ތެރެއިން އޭނާގެ އެދުމުގެ މަތިން ގެއެއް ގަނެދިން ކަމަށާއި ދަރިފުޅަށް ކުރަން ޖެހުނު ހަރަދެއް ވިއްޔާ ކޮށްދީފައިވާނެ ކަމުގައިވެސް ރާޖް ބުނެފައިވެއެވެ.
ޝިލްޕާއާ ބައްދަލުވެފައިވަނީ މި މައްސަލަގަނޑުގެ ފަހުން ކަމަށާއި އެކަން ކަވީތާއަށް އެނގުނު ހިސާބުން ވަރީގެ ކަންތައްތަކުގައި ގިނަ ކަންކަމަށް އެދިފައިވާކަން ބުނެއެވެ. އަދި ދަރިފުޅާ ބައްދަލުކުރުންވެސް މަނާކޮށްފައިވާ ކަމުގައި ރާޖު ބުންޏެވެ.
ކަވީތާއާއެކު އޭނާ ހޭދަކޮށްފައިވަނީ އަނދިރި ދުވަސްތަކެއް ކަމަށާއި ނަމަވެސް އޭނާގެ ހަޔާތަށް ޝިލްޕާ ކަހަލަ ރަނގަޅު އަތްބެއް ލިބުނުކަމީ އޭނާގެ ނަސީބުކަމުގައި ރާޖު ފާހަގަކޮށްފައި ވެއެވެ.