ދަރުބާރުގޭގައި ހިންގާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.
އެމްއޭސީއެލްގައި މަސައްކަތް ކުރާ މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ.
އެ މައްސަލައާ ގުޅިގެން ހެލްތު މިނިސްޓްރީގެ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "ވަން" އަށް މިރޭ ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅިގެން ތަހުގީގު ކުރެވެމުންދާ ކަމަށެވެ. އަދި އެ މައްސަލަ ހުށަހެޅިފައިވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި މައްސަލަ ހުށަހެޅުމާއެކު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އެހެންކަމުން އެއްވެސް ފަރާތަކަށް މިހާތަނަށް ފިޔަވަޅު އަޅާފައިނުވާ ކަމަށެވެ.
ފުލުހުންވެސް ވަނީ އެފަދަ މައްސަލައެއް ހުށަހެޅި ތަހުގީގު ކުރެވެމުންދާ ކަމަށް "ވަން" އަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު