- އާބާދީ: 5.42 މިލިއަން
- ވެރިރަށް: ބްރާޓްސްލާވާ
- ޓީމުގެ ވަނަން: ސޮކޮލީ (ދަ ފަލްކަންސް)
- ކެޕްޓަން: މަރެކް ހަމްޝިކް
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ:މަރެކް ހަމްޝިކް (126 މެޗު)
- ޓޮޕް ސްކޯރާ: މަރެކް ހަމްޝިކް (26 ގޯލް)
ސްލޮވޭކިއާއަކީ ދުނިޔޭ ފުޓުބޯޅައިގައި އެންމެ ހަގު އެއް ގައުމީ ޓީމެވެ. ކުރިން ޗެކޮސްލޮވޭކިއާގެ ގޮތުގައި އޮތް ނަމަވެސް، 1993 ވަނަ އަހަރުން ފެށިގެން ސްލޮވާކިއާ އަކީ ވަކި ފުޓުބޯޅަ ޓީމެކެވެ. އެއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އެންމެފަހުން ފްރާންސްގައި އޮތް 2016 ވަނަ އަހަރުގެ ޔޫރޯއެވެ. 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ނޮކްއައުޓް ބުރަށްވެސް ސްލޮވާކިއާ ދަތުރު ކޮށްފައިވެއެވެ. އެޓީމު ކެޓީ ނެދަލެންޑްސް އަތުން ބަލިވެގެންނެވެ. މުޅި ގައުމީ ޓީމުގެ ތާރީހުގައިވެސް ކުޅުނު ފުރަތަމަ ބޮޑު މުބާރާތުގެ ނަތީޖާ ގޯހެއް ނޫނެވެ. 2016 ވަނަ އަހަރު ފުރަތަމަ ފަހަރަށް ޔޫރޯގައި ސްލޮވާކިއާ ކުޅެ، ގަދަ 16އަށް ދަތުރުކުރިއެވެ. އެއީވެސް އެޓީމަށް ބޮޑު ކާމީޔާބީއެކެވެ.
ސްޓެފަން ޓާކޮވިޗް
އުމުރު: 48 އަހަރު
ސްލޮވާކިއާއަށް އުފަން ޓާކޮވިޗަކީ ބައިނަލްއަގުވާމީ ފުޓުބޯޅައަށް އެހާ ތިޔާގި ނަމެއް ނޫނެވެ. ކުޅުންތެރިއެއްގެ ގޮތުގައިވެސް ޔޫރަޕްގައި މާ ބޮޑަށް ފާހަގަވެފައި ނުވާއިރު، އޭނާ ކުރިން ކޯޗުކަން ކޮށްދީފައި ވަނީ ހަމައެކަނި ސްލޮވޭކިޔާގެ ޓީމުތަކަށެވެ. އެގައުމުގެ 18 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ޓާކޮވިޗް ކޯޗުކަން ކޮށްދީފައިވާއިރު، 2018 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ ގައުމީ ޓީމުގެ ކޯޗުކަން ކުރަމުންނެވެ. އޭގެ ކުރިން 2013 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް ކޯޗުކަން ކުރީ ގައުމީ ޓީމުގެ އެސިސްޓެންޓް ކަމުގައެވެ. ތަޖުރިބާ މަދުވުމަކީ ޓާކޮވިޗަށް އޮތް އެންމެ ބޮޑު ޗެލެންޖް ނަމަވެސް ސްލޮވާކިއާގެ ޓީމު ރަނގަޅަށް ދަންނަ މީހަކަށް އޭނާ ވާނެއެވެ. އެއީ ފައިދާއެއްވެސް މެއެވެ.
މަރެކް ހަމްޝިކް
އުމުރު: 33 އަހަރު
ކްލަބު: އައިއެފްކޭ ގޯޓްބޯގް
ސްވިޑެންގެ އައިއެފްކޭ ގޯޓްބޯގަށް ކުޅެމުން އަންނަ މަރެކް ހަމްޝިކަކީ ޔޫރޯގައި ސްލޮވާކިއާއަށް އެންމެ މުހިއްމުވާނެ ކުޅުންތެރިޔާއެވެ. ވަރުގަދަ ލީގެއްގައި މިވަގުތު ހަމްޝިކް ނުކުޅުނު ނަމަވެސް އޭނާއަކީ އިޓަލިއަން ސެރެއާ އޭއަށް ނިސްބަތްވާ ނަޕޯލީގެ ލެޖެންޑެކެވެ. އެ ކްލަބުގެ ކެޕްޓަންކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ހަމްޝިކް ކޮށްފައިވާއިރު، 2007 ވަނަ އަހަރުން 2019 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ނަޕޯލީއަށް 408 މެޗު ކުޅެދީފައެވެ. އެ ކްލަބަށް 100 ގޯލް ހަމްޝެކް ޖަހާފައިވެއެވެ. ހަމްޝިކަކީ ސްލޮވާކިއާ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުޅުންތެރިޔާއެވެ.
ޖޫން 14/ 21:00 / ޕޮލެންޑް – ސްލޮވާކިއާ
ޖޫން 18 / 18:00/ ސްވިޑެން – ސްލޮވާކިއާ
ޖޫން 23 / 21:00 / ސްލޮވާކިއާ – ސްޕެއިން
- ގޯލްކީޕަރުން
މާޓިން ޑުބްރާވާކާ (ނިއުކާސަލް ޔުނައިޓެޑް)
ޑޫސާން ކުސިއަކް (ލެޗިއާ ޑާންސްކް)
މެރެކް ރޮޑޭކް (ފުލްހަމް)
- ޑިފެންޑަރުން
ޑޭވިޑް ހަންކޯ (ސްޕާޓާ ޕްރާހާ)
ތޯމާސް ހުބޮޗޭން (އޮމޮނޯއިއާ)
މާޓިން ކޮޝެލްނިކް (ލިބެރެކް)
ޕީޓާ ޕެކަރިކް (ހާތާ ބާލިން)
ލުބޮމިރް ސަޓްކާ (ލެޗް ޕޮޒްނާން)
މިލާން ސްކިރިނިއާ (އިންޓަ މިލާން)
މާޓިން ވަލިއެންޓް (މާލާކޯ)
ޑެނިސް ވަވްރޯ (ހުއެސްކާ)
- މިޑްފީލްޑަރުން
ލާޒްލޯ ބެނޭސް (އޯސްބާގް)
އޮންދްރޭޖް ޑޫޑާ (ކޮލޮން)
ޖާން ގްރެގަސް (މިނިއޯސްޓާ)
މަރެކް ހަމްޝިކް (އައިއެފްކޭ ގޯޓްބޯގް)
ލޫކަސް ހަރަސިލިން (ސަސުއޯލޯ)
ޖަކޫބް ރޮމާޑާ (ސްލާވިއާ ޕްރާހާ)
ޕެޓްރިކް ރޮސޯވްސްކޯ (ޖެންކް)
ޖުރަކް ކުކާ (ޕާމާ)
ސްޓޭންސްލޭވް ލޮބޮޓްކާ (ނަޕޯލީ)
ތޯމަސް ސުސްލޯވް (ގްރޮނިންގެން)
ވްލަޑިމީރް ވީސް (ސްލޮވާން ބްރަޓިސްސްލާވާ)
- ފޯވަޑުން
ރޮބާޓް ބޮޒެނިކް (ފެޔެންނޫޑް)
މިޝޭލް ޑޫރިސް (އޮމޮނޯއިއާ)
ރޮބާޓް މަކް (ފެރެކްވާރޯސް)
އީވާން ޝްރަންޒް (ޖަބްލޮނެކް)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020