• އާބާދީ: 10.23 މިލިއަން
  • ވެރިރަށް: ސްޓޮކްހޯމް
  • ޓީމުގެ ވަނަން: ބްލަގުލްޓް (ދަ ބްލޫ އެންޑް ޔެލޯ)
  • ކެޕްޓަން: އަންދްރޭސް ގްރަންގްވިސްޓް
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: އެންޑާސް ސްވެންސަން (148 މެޗު)
  • ޓޮޕް ސްކޯރާ: ޒްލަޓާން އިބްރަހިމޮވިޗް (62 ގޯލް)

1945 ވަނަ އަހަރުން ފެށިގެން އައިސް 1950 ގެ ފަހު ކޮޅާ ޖެހެންދެން ސްވިޑެން އޮތީ ޔޫރަޕްގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ ޓީމުގެ ގޮތުގައެވެ. އެޓީމުން ވަނީ މިހާތަނަށް 12 ފަހަރެއްގެ މަތީން ވޯލްޑް ކަޕްގައި ވާދަކޮށްފައެވެ. 1958 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލްގައިވެސް ސްވިޑްން ކުޅެފައިވެއެވެ.

ސްވިޑެންއިން ޔޫރޯގައި މިހާތަނަށް ވާދަކޮށްފައި ވަނީ ހަ ފަހަރެއްގައެވެ. ފުރަތަމަ އެ މުބާރާތުގައި ވާދަކުރި އަހަރު ކަމަށްވާ 1992 ވަނަ އަހަރު އެ މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުން އެއީ އެޓީމަށް ޔޫރޯގައި ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ. ސްވިޑެން އިން ޔޫރޯއަށް ނުކުންނަން ޖެހޭނީ އަނިޔާގައި ހުރި ޓީމުގެ ލެޖެންޑް، ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް ނުލައެވެ. ރިޓަޔާމަންޓުން އެނބުރި އައިސް ޔޫރޯއަށް ތައްޔާރުވި ނަމަވެސް އޭނާއަށް ނަސީބު އެހީއެއްނުވިއެވެ.

ޖޭން އެންޑަސަން

އުމުރު: 58 އަހަރު

2016 ވަނަ އަހަރު ޔޫރޯގެ ގްރޫޕް ސްޓޭޖުން ސްވިޑެން ކަޓައިގެން ދިޔުމާއެކު އެގައުމުގެ ގައުމީ ޓީމުގެ ކޯޗުކަން ހަވާލު ކޮށްފައި ވަނީ ޖޭން އެންޑަސަންއާއެވެ. ޕްލޭޔާ، މެނޭޖަރެއްގެ ގޮތުގައި އޭގެ ކުރިން ދެ ކްލަބަކަށްވެސް އެންޑަސަން ކޯޗުކަން ކޮށްދީފައިވާއިރު، ކޯޗުކަމުގައި މުޅިންވެސް ހޯދައިފައި ވަނީ ލޯކަލް ތަޖުރިބާ ތަކެވެ. ސްވިޑެން ޓީމާ ހަވާލުވެ ކޯޗު އެންޑަސަން ވަނީ މިހާތަނަށް ކާމިޔާބީތަކެއް ހޯދައިފައެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ސްވިޑެން ކޮލިފައިވީ 12 އަހަރަށްފަހުއެވެ. އެ އަހަރުގެ ވޯލްޑް ކަޕަކީ 1994 ވަނަ އަހަރަށްފަހު އެގައުމަށް އެންމެ ކާމިޔާބު ވޯލްޑް ކަޕްވެސް މެއެވެ. މުބާރާތުގެ ކުއާޓާ ފައިނަލަށް ސްވިޑެން ގޮސްފައިވާއިރު، ކެޓީ އިންގްލެންޑް އަތްދަށު ވެގެންނެވެ. އެންޑަސަންއަށް އޮތް ގޮން ޖެހުމަކީ ބައިނަލްއަގުވާމީ ތަޖުރިބާ މަދުކަމެވެ.

ޑީޖާން ކުލުސެވްސްކީ

އުމުރު: 21 އަހަރު

ކްލަބު: ޔުވެންޓަސް

އުމުރުން ހަގު ނަމަވެސް ސްވިޑެން ގައުމީ ޓީމަށް މިވަގުތު އެނެމެ މުހިއްމު ކުޅުންތެރިޔަކީ ޑީޖާން ކުލުސެވްސްކީއެވެ. ކުލުސެވްސްކީއަކީ ހަލުވި، ހުނަރިވެރި ކުޅުންތެރިއެކެވެ. މި ސީޒަނަށް ޔުވެންޓަސްއާ އޭނާ ގުޅުނީ 35 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެ އަގާއެކު ބޮޑު ޕްރެޝަރެއް އޮތް ނަމަވެސް ކުލުސެވްސްކީ ވަނީ ޔުވެންޓަސްގައި ކާމިޔާބު ސީޒަނެއް ހޭދަކޮށްފައެވެ. ކުލުސެވްސްކީއަށް ގައުމީ ޓީމުން ފުރަތަމަ ޖާގަ ލިބުނީ 2019 ވަނަ އަހަރުއެވެ. މިހާތަނަށް ގައުމީ ޓީމަށް ކުޅެފައި ވަނީ ޖުމުލަ 11 މެޗެވެ.ކުލުސެވްސްކީ ކުޅުނު މެޗު މަދު ނަމަވެސް އޭނާއަކީ ޓީމުގެ ތަރިއެވެ.

15 ޖޫން/ 00:00 ސްޕެއިން – ސްވިޑެން

18 ޖޫން/ 18:00 ސްވިޑެން – ސްލޮވާކިއާ

23 ޖޫން/ 21:00 ސްވިޑެން – ޕޮލެންޑް

  • ގޯލްކީޕަރުން

ކާލް ޔޯހަން ޖޯންސަން (ކޮބެންހައުން)

ކްރިސްޓޮފާ ނޯޑްފެލްޑް (ގެންސްލާބްރިލިގީ)

ރޮބިން އޮލްސަން (އެވަޓަން)

  • ޑިފެންޑަރުން

ލޫޑްވިގް އޯގަސްޓިންސަން (ވާޑާ ބްރެމެން)

ޕިއާ ބެންގްސްސޮން (ވެޖްލޭ)

މާކަސް ޑެނީލްސަން (ޑޭލިއަން ޔިފާންގް)

އެންދްރޭސް ގްރަންގް ވިސްޓް (ހެލްސިންސްބޯގް)

ފިލިޕް ހެލަންޑާ (ރޭންޖާސް)

ޕޮންޓަސް ޖެންސަން (ބްރެންޓްފޯޑް)

އެމިލް ކްރަފްތު (ނިއުކާސަލް ޔުނައިޓެޑް)

ވިކްޓާ ލިންޑަލޯފް (މެންޗެސްޓާ ޔުނައިޓެޑް)

މައިކަލް ލަސްޓިގް (އޭއައިކޭ)

  • މިޑްފީލްޑަރުން

ޖެންސްލައިސް ކަޖޫސްޓޭ (މިޖީލޭންޑް)

ވިކްޓާ ކްލައިސަން (ކްރަސްނޯޑާރު)

އަލްބިން އެކްޑަލް (ސަމްޕަޑޯރިއާ)

އެމީލް ފޯސްބާގު (ލީޕްޒިގް)

ޑީޖާން ކްލުސޭވްސްކީ (ޔުވެންޓަސް)

ސެބެސްޓިއަން ލާސަން (އޭއައިކޭ)

ކްރިސްޓޮފާ އޮލްސަން (ކްރަސްނޯޑާރު)

ރޮބިން ގުއިސޮން (މެއިންޒް)

ކެން ސެމާ (ވޮޓްފޯޑް)

މެތިއަސް ވާންބާގް (ބޮލީނިއާ)

ގުސްޓާވް ސްވެންސަން (ގުއާންޒޯއޫ)

  • ފޯވަޑުން

މާކަސް ބާގު (ކްރަސްނޯޑާރު)

އެލްސެންޑްރާ އައިސާކް (ރެއާލް ސޮސިއެދާދު)

ޖޯޑަން ލާސަން (ސްޕާޓަކް މޮސްކޯ)