• ވެރި ރަށް: ވާރްސޭވް
  • އާބާދީ: 38.5 މިލިއަން
  • ޓީމުގެ ވަނަން: ބިއާލޫ ޒަރްވޯނީ (ދަ ވައިޓް އެންޑް ރެޑްސް)/ އޯރްލީ (ދަ އީގަލްސް)
  • ކެޕްޓަން: ރޮބާޓް ލެވަންޑޮސްކީ
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ރޮބާޓް ލެވަންޑޮސްކީ (118 މެޗު)
  • ޓޮޕް ސްކޯރާ: ރޮބާޓް ލެވަންޑޮސްކީ (66 ގޯލް)

ބޮޑެތި މުބާރާތްތަކުގައި ޕޮލެންޑަކީ އުނދަގޫ ޓީމެއްގެ ގޮތުގައި އަބަދުވެސް ފާހަގެވެގެން ދެއެވެ. 1921 ވަނަ އަހަރުން ފެށިގެން ޕޮލެންޑްގެ ބައިނަލްއަގުވާމީ ފުޓުބޯޅަ ފެށުނެވެ. މިހާތަނަށް އެގައުމުން ވަނީ އަށް ފަހަރެއްގެ މަތީން ވޯލްޑް ކަޕްގައި ކުޅެފައެވެ.

ޕޮލެންޑްގެ ރަން ޒަމާނަކީ 1970 އާއި 1980 ގެ އަހަރުތައް ނަމަވެސް 2016 ވަނަ އަހަރުގެ ޔޫރޯގައިވެސް ޕޮލެންޑް ވަނީ ތަފާތު ދައްކާފައެވެ. ޕޮލެންޑުގެ ފުޓުބޯޅަ ހީރޯ ރޮބާޓް ލެވަންޑޮސްކީގެ މޭސްތެރިކަމުގެ ދަށުން އެގައުމު ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައިވާއިރު، ބަލިވީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ އަތްދަށު ވެގެނެވެ.

މިހާތަނަށް ތިން ފަހަރެއްގެ މަތިން ޕޮލެންޑް ޔޫރޯގައި ވާދަކޮށްފައިވާއިރު، އެގައުމުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއްގައި ވާދަކުރީ 2008 ވަނަ އަހަރުގައެވެ.

ޕައުލޯ ސޯޒާ

އުމުރު: 50 އަހަރު

ޕޯޗުގަލްއަށް އުފަން ޕައުލޯ ސޯޒާއަށް ޔޫރޯ ވާނީ ބޮޑު ޗެލެންޖަކަށެވެ. މިއަހަރު ޖަނަވަރީ މަހު ޕޮލެންޑްގެ ކޯޗުކަމާ ސޯޒާ ހަވާލުވެފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ޕޮލެންޑް އަދި ކުޅެފައިވަނީ އެންމެ ތިން މެޗެވެ.

ސޯޒާއަކީ ކުޅުންތެރިއެއްގެ ގޮތުގައި ޔޫރަޕްގެ ގިނަ ކްލަބުތަކަކަށް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންސިވް މިޑްފީލްޑަރެކެވެ. ބެނިފީކާއާއި ސްޕޯޓިން، ޔުވެންޓަސްގެ އިތުރުން ބްރޫޝިއާ ޑޯޓްމަންޑާއި އިންޓަ މިލާނަށްވެސް ސޯޒާ ކުޅެފައިވެއެވެ. އޭގެ އިތުރުން ގައުމީ ޓީމަށްވެސް 52 މެޗު ސޯޒާ ކުޅެދީފައިވާއިރު، ސަވަންސީ ސިޓީއާއި ބާސެލް އަދި ފިއޮރެންޓީނާއާއި ބޯޑޯއަށްވެސް ކޯޗުކަން ކޮށްދީފައިވެއެވެ. ޕޮލެންޑަކީ ސޯޒާ ކޯޗުކަން ކޮށްދޭ ފުރަތަމަ ގައުމީ ޓީމެވެ.

ޕޮލެންޑާ ހަވަލުވުމުގެ ކުރިން ސޯޒާ ވަނީ އިނގިރޭސި ބައެއް ކްލަބުތަކަށާއި އިޓަލީގެ ބައެއް ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ރޮބާޓް ލެވަންޑޮސްކީ

އުމުރު: 32 އަހަރު

ކްލަބު: ބަޔާން މިއުނިކް

އުމުރުން 32 އަހަރުގެ ރޮބާޓް ލެވަންޑޮސްކީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާއެވެ. މިދިޔަ އަހަރު ޔޫއެފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް އޭނާއަށް ލިބިފައިވެއެވެ. ލެވަންޑޮސްކީ ވަނީ ގައުމީ ޖާޒީގައި މިހާތަނަށް 118 މެޗު ކުޅެ، ރެކޯޑު 66 ގޯލް ޖަހާފައިއެވެ.

ލެވަންޑޮސްކީ ވަނީ ޕޮލެންޑާއެކު 2012 ވަނަ އަހަރުގެ ޔޫރޯއާއި 2016 ވަނަ އަހަރު ޔޫރޯ އަދި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްވެސް ކުޅެފައެވެ.

ޖޫން 14 / 21:00 / ޕޮލެންޑް – ސްލޮވޭކިއާ

ޖޫން 20 / 00:00 / ސްޕެއިން – ޕޮލެންޑް

ޖޫން 23 / 21:00 / ޕޮލެންޑް – ސްވިޑެން

  • ގޯލްކީޕަރުން

ލޫކަސް ފަބިއާންސްކީ (ވެސްޓް ހަމް)

ލޫކަސް ކޮރަޕްސްކީ (ބޮލޯނިއާ)

ވޯޝެކް ޝެޒްނީ (ޔުވެންޓަސް)

  • ޑިފެންޑަރުން

ޖާން ބެޑްނަރެކް (ސައުތުހެމްޕްޓަން)

ބާޓޯޒް ބެރެޒީންސްކީ (ސަމްޕަޑޯރިއާ)

ކަމިލް ގްލިކް (ބެނެވެންޓޯ)

މައިކަލް ހެލިކް (ބާންސްލީ)

ތޯމަސް ކެޑްޒިއޯރާ (ޑައިނަމޯ ކިއޭވް)

ކަމިލް ޕިއަޓޯވްސްކީ (ރާކޯ ޒެކްޓޮކޯވާ)

ޓައިމޯޓޭޒް ޕޫޗާޒް (ލެޗް ޕޮޒުނާން)

މަސީޖު ރައިބާސް (ލޮކޮމޯޓިވް މޮސްކޯ)

  • މިޑްފީލްޑަރުން

ޕަވެލް ޑަވިޑޮވިޒް (ވެރޯނާ)

ޒެމިސްލޭވް ފްރާންކޯވްސްކީ (ޗިކާގޯ ފަޔާ)

ކަމިލް ޖޮޒްވިއާކް (ޑާބީ)

މެތިއޫޒް ކްލިޗް (ލީޑްސް)

ކެސްޕާ ކޮޒްލޯސްކީ (ޕޭގޮން ޒެޝިން)

ގްރްޒެގޯޒް ކްރީޗޯވިއަކް (ލޮކޮމޯޓިވް މޮސްކްވާ)

ކެރޮލް ލިނެޓޭ (ޓޮރީނޯ)

ޖަކޫބް މޯޑާ (ބްރައިޓަން)

ޒެމިސްލޭވް ލަޗޭޓާ (ނޯވިޗް)

ޕިއޮޓް ޒީލިންސްކީ (ނަޕޯލީ)

  • ފޯވަޑުން

ޑޭވިޑް ކޮވްނަކީ (ފޯޗޫނާ ޑުސެލްޑޯފް)

ރޮބާޓް ލެވަންޑޯސްކީ (ބަޔާން މިއުނިކް)

ކެރޮލް ސްވިޑާސްކީ (ޕާއޯކް)

ޖާކޫބް ސްވިޒާސްޒޮކް (ޕިއަސްޓް ގްލިވައިސް)