• ވެރި ރަށް: އެޑިންބާގް
  • އާބާދީ: 5.46 މިލިއަން
  • ޓީމުގެ ވަނަން: ދަ ޓާޓަން ޓެރިއާސް
  • ކެޕްޓަން: އެންޑްރޫ ރޮބާޓްސަން
  • އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ކެނީ ޑަލްގްލިޝް (102 މެޗު)
  • ޓޮޕް ސްކޯރާ: ކެނީ ޑަލްގްލިޝް، ޑެނިސް ލޯ (30 ގޯލް)

ސްކޮޓްލޭންޑަކީ އިންގްލެންޑާއެކު އެންމެ ޒަމާންވީ ފުޓުބޯޅަ ޓީމުގެ ގޮތުގައި ލިޔެވިފައިވާ ޓީމެކެވެ. 1872 ވަނަ އަހަރު އިންގްލެންޑާއި ސްކޮޓްލޭންޑް ވާދަކުރި އެކުވެރިކަމުގެ މެޗަކީ އެންމެ ފުރަތަމަ ދުނިޔޭގައި ބައިނަލްއަގުވާމީ ގޮތުން ގައުމީ ދެ ޓީމެއް ކުޅުނު މެޗެވެ. އެހިސާބުން އިނގިރޭސިންނާ ޒަމާންވީ ވާދަވެރިކަމެއް ފުޓުބޯޅައިގައި އުފެދިފައިވާއިރު، ވަރުގަދަ މުބާރާތްތަކުގައި ސްކޮޓްލޭންޑަށް އިންގްލެންޑާ ވާދަކުރާން ޖެހެނީ މަދު ފަހަރަކުއެވެ.

މިހާތަނަށް ވޯލްޑް ކަޕްގައި އަށް ފަހަރު އަދި ޔޫރޯގައި ތިން ފަހަރު ސްކޮޓްލޭންޑް ކުޅެފައިވާއިރު، އެއްވެސް ބޮޑު މުބާރާތަކުން ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައެއް ނުވެއެވެ. އިންގްލެންޑާ އެއް ގްރޫޕެއްގައި މިފަހަރުގެ ޔޫރޯގައި ސްކޮޓްލޭންޑް ލައްވައިލުންވާނީ ތާރީހީ ކަމަކަށެވެ. އެއީ ސްކޮޓްލޭންޑްގެ އެންމެ ބޮޑު ވާދަވެރިޔާއެވެ. އެޓީމުން ތާރީހު ލިޔެލަން ނުކުންނަނީ ޒުވާން ހުނަރުވެރި ސްކޮޑަކާއެކުގައެވެ.

ސްޓީވް ކްލާކް

އުމުރު: 57 އަހަރު

ސްޓީވް ކްލާކަކީ އިނގިރޭސި ފުޓުބޯޅައަށް ފަރިތަ ސްކޮޓްލޭންޑަށް އުފަން ކޯޗެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޑިފެންޑަރެއްގެ މަގާމަށް ކުޅުނު ކްލާކުގެ ކެރިއަރުގައި އެންމެ ގިނަ މެޗު ކުޅެފައިވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށެވެ. އޭނާ ވަނީ އެ ކްލަބާއެކު އެފްއޭ ކަޕްވެސް ކާމިޔާބު ކޮށްފައެވެ. އޭގެ އިތުރުން ސްކޮޓްލޭންޑްގެ ގައުމީ ޓީމަށްވެސް ކްލާކް ކުޅެފައިވެއެވެ. 2019 ވަނަ އަހަރު ސްކޮޓްލޭންޑް ގައުމީ ޓީމާ ހަވާލުވި ކްލާކަށް އޮތް އެންމެ ބޮޑު ޓާގެޓަކީވެސް ޔުރޯ 2020 އެވެ. ސްކޮޓްލޭންޑާ ހަވާލުވުމުގެ ކުރިން ކްލާކްވަނީ އިނގިރޭސި ބޮޑެތި ކްލަބުތަކުގައި ތަޖުރިބާތަކެއް ހޯދައިފައެވެ. އެގޮތުން އޭނާވަނީ ޗެލްސީއާއި، ލިވަޕޫލްގެ އިތުރުން ވެސްޓްހަމްގެ އެސިސްޓެންޓް ކޯޗުކަން ކޮށްފައެވެ. އޭގެ އިތުރުން އޭނާ ވަނީ ވެސްޓްބްރޮމްގެ ކޯޗުގެ މަގާމުގައިވެސް ހަރަކާތްތެރިވެފައެވެ.

އުމުރު: 27 އަހަރު

ކްލަބު: ލިވަޕޫލް

ލިވަޕޫލްގެ ވާތް ފަރާތު ފަހަތަށް ކުޅެމުން އަންނަ ވިންގް ބެކް އެންޑްރޫ ރޮބާޓްސަންއަކީ ދުނިޔޭގެ އެންމެ މޮޅު އެއް ސައިޑް ބެކެވެ. ލިވަޕޫލާއެކު ކާމިޔާބީތައް ހޯދައިފައިވާ ޒުވާން ޑިފެންޑަރު ރޮބާޓްސަންއަކީ ސްކޮޓްލޭންޑްގެ ކެޕްޓަންވެސް މެއެވެ. ލިވަޕޫލާއެކު ޗެމްޕިއަންސް ލީގު އުފުލައިލައިފައިވާ ރޮބާޓްސަން ވަނީ ގައުމީ ޓީމަށް 43 މެޗު ކުޅެފައެވެ. ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައިވާ ބާޓްސަން އަކީ 30 އަހަރަށްފަހު ލިވަޕޫލުން ލީގު ކާމިޔާބު ކުރުމުގައިވެސް މުހިއްމު ކުޅުންތެރިއެކެވެ. ޔޫރޯގައި ސްކޮޓްލޭންޑްގެ ހިތްވަރަކަށް ވާނީ ރޮބާޓްސަންއެވެ.

ޖޫން 14 / 18:00 / ސްކޮޓްލޭންޑް – ޗެކް ރިޕަބްލިކް

ޖޫން 19 / 00:00 / އިންގްލެންޑް – ސްކޮޓްލޭންޑް

ޖޫން 23 / 00:00 / ކްރޮއޭޝިއާ – ސްކޮޓްލޭންޑް

  • ގޯލްކީޕަރުން

ކްރެއިގް ގޯޑަން (ހާޓްސް)

ޑޭވިޑް މާޝަލް (ޑާބީ)

ޖޯން މެކްލާލިން (ރޭންޖާސް)

  • ޑިފެންޑަރުން

ލިއާމް ކޫޕާ (ލީޑްސް)

ޑެކްލަން ގަލެގާ (މަދާވެލް)

ގްރާންޓް ހާންލޭ (ނޯވިޗް)

ޖެކް ހެންޑްރީ (ސެލްޓިކް)

ސްކޮޓް މެކެނާ (ނޮޓިމްހަމް ފޮރެސްޓް)

ސްޓެފަން އޯޑޯނެލް (މަދާވެލް)

ނޭތަން ޕެޓަސަން (ރޭންޖާސް)

އެންޑީ ރޮބާޓްސަން (ލިވަޕޫލް)

ގްރެގް ޓެއިލާ (ސެލްޓިކް)

ކީރަން ޓިއާނޭ (އާސެނަލް)

  • މިޑްފީލްޑަރުން

ސްޓުއާޓް އާމްސްޓްރޯން (ސައުތުހޭމްޓަން)

ރަޔަން ކްރިސްޓީ (ސެލްޓިކް)

ޖޯން ފްލެކް (ޝެފީލްޑް ޔުނައިޓެޑް)

ޖޭމްސް ފޮރެސްޓް (ސެލްޓިކް)

ރަޔަން ފްރޭސާ (ނިއުކާސަލް ޔުނައިޓެޑް)

ބިލީ ގިލްމޯ (ޗެލްސީ)

ޖޯން މެގިން (އެސްޓަން ވިލާ)

ކެލުމް މެކްގްރެގާ (ސެލްޓިކް)

ސްކޮޓް މެކްޓޮމިނީ (މެންޗެސްޓާ ޔުނައިޓެޑް)

ޑޭވިޑް ޓާންބުލް (ސެލްޓިކް)

  • ފޯވަޑުން

ޗޭ އެޑަމްސް (ސައުތުހޭމްޓަން)

ލީޑޮން ޑައިކްސް (ކިއުޕީއާރް)

ކެވިން ނިސްބެޓް (ހިބާނިއަން)