- އާބާދީ: 2 މިލިއަން
- ވެރިރަށް: ސްކޯޕްޔާ
- ޓީމުގެ ވަނަން: ލިންކްޒެސް / ލަޔަންސް
- ކެޕްޓަން: ގޯރާން ޕަންޑޭވް
- އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ: ގޯރާން ޕަންޑޭވް (117 މެޗު)
- ޓޮޕް ސްކޯރާ: ގޯރާން ޕަންޑޭވް (37 ގޯލް)
ނޯތު މެސެޑޯނިއާ އަކީ ފުޓުބޯޅައިގެ ތާރީހެއް އޮތް ޓީމެއް ނޫނެވެ. އެ ގައުމު ރަސްމީކޮށް ފުޓުބޯޅައަށް ތައާރަފުވީ ވެސް 1991 ވަނަ އަހަރު މިނިވަން ވެ، ޔޫގޯސްލާވިއާއާ ވަކިވުމަށްފަހު 1994 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރާތުގައި ވާދަކުރާ އެންމެ ކުޑަ ގައުމަކީ ވެސް ނޯތު މެސެޑޯނިއާއެވެ.
ނޯތު މެސެޑޯނިއާ އިން އަންނަނީ 1996 ވަނަ އަހަރުން ފެށިގެން ޔޫރޯ ކޮލިފައިންތަކުގައި ވާދަކުރަމުންނެވެ. އަދި 1998 ވަނަ އަހަރުން ފެށިގެން އެޓީމުން އަންނަނީ ވޯލްޑް ކަޕް ކޮލިފައިންގައި ވެސް ވާދަކުރަމުންނެވެ. ނަމަވެސް އެޓީމު ވޯލްޑް ކަޕަކަށް ކޮލިފައިވެފައި ނުވާ އިރު، މިއަހަރު ވެގެންދާނީ އެޓީމު ޔޫރޯ އިން ފެންނާނެ ފުރަތަމަ ފަހަރަށެވެ. މިފަހަރުގެ ޔޫރޯއަށް ނޯތު މެސެޑޯނިއާ ކޮލިފައިވީ ގްރޫޕުގެ ތިންވަނަ ހޯދައި ޕްލޭ އޯފް ބުރުންނެވެ.
އިގޯ އެންޖެލޮވްސްކީ
އުމުރު: 44 އަހަރު
އެންޖެލޮވްސްކީ އަކީ ވެސް ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ނަމެއް ނޫނެވެ. އޭނާ ވަނީ 1996 ވަނަ އަހަރުން ފެށިގެން ނޯތު މެސެޑޯނިއާގެ ކްލަބުތަކަށް ކުޅެފައެވެ. މެސެޑޯނިއަން ކަޕެއް ކާމިޔާބުކުރި މިޑްފީލްޑަރު އެންޖެލޮވްސްކީ، ކުޅުންތެރިއެއްގެ ގޮތުގައި ރިޓަޔާކުރީ 2009 ވަނަ އަހަރުއެވެ.
އެންޖެލޮވްސްކީ ކޯޗިން ކެރިޔަރު ފެށީ 2013 ވަނަ އަހަރު ނޯތު މެސެޑޯނިއާގެ ރަބޮޓްނިކީ އިންނެވެ. އޭނާ ވަނީ އެކްލަބަށް 2014 ވަނަ އަހަރުގެ މެސެޑޯނިއަން ލީގު ކާމިޔާބުކޮށްދީފައެވެ. ނޯތު މެސެޑޯނިއާގެ ހެޑް ކޯޗުކަމާ 2015 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ ވަނީ އެޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފައެވެ. ފުރަތަމަ ފަހަރަށް ބޮޑު މުބާރާތަކުން ނޯތު މެސެޑޯނިއާއަށް ޖާގަ ހޯދައިދިނުމުން އޭނާ ވެގެންގޮސްފައިވަނީ އެގައުމުގެ ފުޓުބޯޅަ ތާރީހުގައި އެންމެ ކާމިޔާބު ކޯޗަށެވެ.
ގޯރާން ޕަންޑޭވް
އުމުރު: 37 އަހަރު
ކްލަބު: ގެނޯއާ
ނޯތު މެސެޑޯނިއާގެ އެންމެ މުހިންމު ކުޅުންތެރިޔަކީ އެޓީމުގެ ކެޕްޓަން ގޯރާން ޕަންޑޭވްއެވެ. އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔަކީ ވެސް އޭނާއެވެ. ޕަންޑޭވްއަކީ ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން ފެނުނު ކުޅުންތެރިއެކެވެ. އެގޮތުން ގެނޯއާގެ އިތުރުން އޭނާ ވަނީ އިޓަލީގެ އިންޓަ މިލާނާއި ލާޒިއޯ އާއި ނަޕޯލީ އަދި ތުރުކީގެ ގަލަތަސަރާއީއަށް ވެސް ކުޅެފައެވެ. ޕަންޑޭވް 2001 އިން ފެށިގެން ނޯތު މެސެޑޯނިއާއަށް މިހާތަނަށް ކުޅުނު 117 މެޗުން 37 ގޯލު ވަނީ ޖަހައިދީފައެވެ.
- 13 ޖޫން/ 21:00 އޮސްޓްރިއާ – ނޯތު މެސެޑޯނިއާ
- 17 ޖޫން/ 18:00 ޔޫކްރޭން – ނޯތު މެސެޑޯނިއާ
- 21 ޖޫން/ 21:00 ނޯތު މެސެޑޯނިއާ – ނެދަލެންޑްސް
- ގޯލްކީޕަރުން
ސްޓޯލް ޑިމިޓްރިއެވްސްކީ (ރަޔޯ ވަޔެކާނޯ)
ރިސްޓޯ ޖެންކޯޗް (ރަބޮޓްނިޗްކީ)
ޑަމްޖާން ޝިޝްކޮވްސްކީ (ޑޮޒާ)
- ޑިފެންޑަރުން
އެގްޒޮން ބެޖްޓުލައީ (ޝްކެންޑިޔާ)
ޖޮކޯ ޒަޖްކޯވް (ޗާލެރޮއި)
ކީރެ ރިސްޓެވްސްކީ (އޭއީއެލް)
ވިސާރް މުސްލިއު (ފެހެރްވަރް)
އެޒްގިޔާން އަލިއޮސްކީ (ލީޑްސް ޔުނައިޓެޑް)
ސްޓެފަން ރިސްޓޮވްސްކީ (ޑައިނަމޯ ޒަގްރެބް)
ޑާކޯ ވެލްކޮވްސްކީ (ރެޔޭކާ)
- މިޑްފީލްޑަރުން
އާރިޔަން އަޑެމީ (ޑައިނަމޯ ޒަގްރެބް)
ފަރްހާން ހަސަނީ (ޕާޓިޒާނީ)
ޓިހޮމީރް ކޮސްޓަޑިނޯވް (ރުޒޮމްބްރެކް)
ބޮބަން ނިކޮލޯވް (ލެޗޭ)
އެނިސް ބަރްދީ (ލެވަންޓޭ)
ސްޓެފަން ސްޕިރޮވްސްކީ (އޭއީކޭ)
އެލިފް އެލްމާސް (ނަޕޯލީ)
މަރްޖާން ރަޑެސްކީ (އަކަޑެމިޔާ ޕަންޑޭވް)
ޑެނިއެލް އަވްރަމޮވްސްކީ (ކޭސެރިސްޕޯ)
ޑާކޯ ޗުރްލިނޯވް (ވީއެފްބީ ސްޓުޓްގާޓް)
- ފޯވަޑުން
އިވާން ޓްރިޗްކޮވްސްކީ (އޭއީކޭ)
އެލެކްސެންޑާ ޓްރަޖްކޮވްސްކީ (މަޔޯކާ)
ގޯރާން ޕަންޑޭވް (ގެނޯއާ)
ވްލަޓްކޯ ސްޓޮޖަނޮވްސްކީ (ޗަމްބްލީ)
ކާސްޓޭ ވެލްކޮވްސްކީ (ސަރަޖެވޯ)
މިލާން ރިސްޓޮވްސްކީ (ސްޕާޓަކް ޓާނޭވާ)
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020