އެޑިޓާސް ގިލްޑްގެ ހިންގާ ކޮމިޓީގެ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފި އެވެ.
އެޑިޓާސް ގިލްޑަކީ ރާއްޖޭގެ ނޫސްތަކުގެ އެޑިޓަރުންނަށް އަމާޒުކޮށްގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ.
އެޑިޓާސް ގިލްޑުން ބުނީ އެ ޖަމިއްޔާގެ ހިންގާ ގަވާއިދުގައި ބުނާ ހިންގާ ކޮމިޓީގެ އިންތިހާބު މި މަހުގެ 18 ވާ ހުކުރު ދުވަހު ހަވީރު 04:00 ގައި ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެޑިޓާސް ގިލްޑުން މިހާރު ވަނީ، އެ ޖަމިއްޔާގެ މެންބަރަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން މެންބަރަކަށް ވެވޭނީ ރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ހިންގާ މެއިންސްޓްރީމް އޮންލައިން، ޕްރިންޓް، ބްރޯޑްކާސްޓް އަދި އިލެކްޓްރޯނިކް މީޑިއާގައި މެދުނުކެނޑި މަސައްކަތް ކުރާތާ 10 އަހަރު ވެ އަދި މިހާރުވެސް މަސައްކަތުގައި ދެމި ތިބި އެޑިޓަރުން، މެނޭޖިން އެޑިޓަރުން އަދި އެގްޒެކެޓިވް އެޑިޓަރުންނަށެވެ. (މެއިންސްޓްރީމް މީޑިއާތަކަކި ގައުމީ ފެންވަރުގައި ހަބަރާއި މައުލޫމާތު ފުޅާ ދާއިރާއެއްގައި ދުވަހުން ދުވަހަށް ގެނެސްދޭ މީޑިއާތައް) ތަކަށެވެ.
މީގެ އިތުރުން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގައި ފުލްޓައިމް ކޮށް މެދު ނުކެނޑި 15 އަހަރު މަސައްކަތްކޮށް އަދި މިހާރު ފުލްޓައިމްކޮށް މަސައްކަތް ނުކުރާ މީހުންނަށް ވެސް މެންބަރުންނަށް ވުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމައިފަ އެވެ. މި ފަދަ މީހުންނަކީ ނޫސްވެރިކަމުގެ ދާއިރާގައި އެޑިޓަރުން، މެނޭޖިން އެޑިޓަރުން، އެގްޒެކެޓިވް އެޑިޓަރުން، މީޑިއާ ތަކުގެ ސީއީއޯ/ސީއޯއޯ ނުވަތަ ޗެއާމަން ފެންވަރުގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންވާނެ އެވެ.
އެސޯސިއޭޓް މެންބަރުންގެ ކެޓަގަރީގައި މެންބަރަކަށް ވެވޭނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނޫސްވެރިކަމާ ގުޅޭ ޖަމިއްޔާތަކާއި އިދާރާތަކަށެވެ. އެސޯސިއޭޓް މެންބަރަކަށް ވޯޓުގައި ބައިވެރިއެއް ނުވެވޭނެ އެވެ.
އެޑިޓާސް ގިލްޑަކީ ދިވެހިރާއްޖޭގެ އެޑިޓަރުން ތަމްސީލުކުރާ ޖަމިއްޔާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު