ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފު ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ގޯތިތެރެއަށް ހުއްދަ ނެތި ވަދެ، ހުއްދަ ހޯދައިގެން މެނުވީ ކޮށްގެން ނުވާނޭ ފަދަ ކަމެއް ކޮށްފައިވާކަން ޖޭއެސްސީއަށް ސާބިތުވެފައިވާ ކަމަށެވެ.
އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފުގެ މި އަމަލަކީ، ގާނޫނުއަސާސީގެ 241 ވަނަ މާއްދާ އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި އަދި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު