ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް 19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި، މިއަހަރުގެ އެޕްރީލް މަހަށް ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި މިމަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވައި، އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މެއި 27 ވަނަ ދުވަހާއި މީރާގެ ކައުންޓަރުތައް ހުޅުވައިގެން ހިދުމަތްދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައްވެސް ފަސްކޮށްފައިވާ ކަމަށް މީރާއިން ބުންޏެވެ.
މީގެ އިތުރުން އެ އޮތޯރިޓީއަށް ހުށަހަޅާ އެންމެހައި ޓެކްސް ބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކުން އޮންލަައިންކޮށް ހިދުމަތް ހޯދުމަށް އިލްތިމާސްކުރާ ކަމަށް މީރާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު