މ. މުލީ ކޯޓުގެ މެޖިސްޓްރޭޓް ހުސައިން އާމިރު ތިން މަސް ދުވަހަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ މ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދިޔަ އާމިރުގެ ދަރިފުޅަކަށް އެހެން ދަރިވަރެއްގެ ފަރާތުން ކުރިމަތިވި ގަނާކުރުމުގެ އަމަލާ ގުޅިގެން، އެ ކުއްޖާއާ މެދު ރުޅި އިސްކޮށް، އިހާނެތި ގޮތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.
މުލީ މެޖިސްޓްރޭޓްގެ މި އަމަލަކީ ރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ ނުވަވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 އާއި 4.1 އާ ހިލާފު އަމަލެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އެހެންކަމުން އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ، މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އޭނާ ތިން މަސް ދުވަހަށް ސަސްޕެންްޑް ކުރުމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖޭއެސްސީގެ 45 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު