ކޮވިޑު-19 އިން ދިފާއުވުމަށް ރާއްޖޭގައި ބޭނުންކުރި ކޮވިޝީލްޑް ވެކްސިނާއި އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ހަ މަސް ފަހުން ޖެހޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާ ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) ކޮށްފައިވަ އިއުލާނެއްގައި ބުނެފައިވަނީ ކޮވިޝީޅްޑް ވެކްސިން ރާއްޖެއަށް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި އަދި އެސްޓްރާޒެނެކާވެކްސިން އުފެއްދުމަށްވެސް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ކޮވިޝީލްޑާއި އެސްޓްރާޒެނެކާގެ ދެވަނަ ޑޯޒް ހަ މަސް ދުވަހަށް ފަސް ކުރުމާ ގުޅެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފައެއް އާންމުކޮށްފައިވާކަމަށެވެ. އެގޮތުން މި ލަފަޔާއެކު ރާއްޖޭގެ ކޮވިޝީލްޑް އަދި އެސްޓްރާޒެނެކާ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ބުންޏެވެ.
އެހެން ކަމުން ދެން ރާއްޖޭގައި އަމަލު ކުރާނީ މިގޮތަށް ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އަދި ސަރުކާރުން މި ވެކްސިން ރާއްޖެ ގެނައުމަށް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށާއި އަދި ވެކްސިން ލިބުނުހާ އަވަހަކަށް ރައްޔިތުންނަށް ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ޓީމުން ކުރީން ނިންމާފައި އޮތީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުން ޖަހާ ގޮތަށެވެ. ނަމަވެސް ވެކްސިން ސްޓޮކް މަދުވެ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ހުއްޓާލުމުން ގިނަ ބަޔަކަށް މި ޑޯޒް ޖެހުމުގެ ފުރުސަތެއް ނުލިބުނެވެ. އޭގެ ފަހުން ޓެގް ޓީމުން ބުނީ ވެކްސިންގެ ދެވަނަ ޑޯޒް 16 ހަފްތާގެ މުއްދަތައް އިތުރު ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު