ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅުމުގެ ޝަރުތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލް އިން ބުނީ މިހާރު އެ ބޭންކުން ލުއި އެކްސްޕްރެސް ލޯނު ނަގާފައިވާ ފަރާތްތަކަށްވެސް ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި މުސާރައިގެ ފަސް ގުނަ އާއި ހަމަޔަށް ފައިނޭންސިން އަށް ހުށަހެޅޭނެ ކަމަށާއި ހަތް ދުވަސް ތެރޭގައި ކަސްޓަމަރަށް ބޭނުން ވާ މުދާ ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
މި ބަދަލާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، މިއަދު މި ގެނައި ބަދަލުން ދައްކުވައިދެނީ އެ ބޭންކުން ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަ ކުރުމަށް ކެނޑިނޭޅި ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.
ބީއެމްއެލްގެ ޕާސަނަލް ފައިނޭންސިން އަށް އޮންލައިންކޮށްވެސް ހުށަހެޅޭނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ. އެ ގޮތުން އިންޓަނެޓް ބޭންކިން ނުވަތަ އެ ބޭންކުގައި ރަޖިސްޓްރީ ކޮށްފައިވާ އީމެއިލް މެދުވެރިކޮށް ވެސް އެކަން ކުރެވޭނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު