ޓެކްނިކަލް މައްސަލައެއް ދިމާވެގެން މިއަދު ބާއްވަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އޮފިޝަލު ވަން އަށް ވިދާޅުވީ، މިއަދުގެ ޖަލްސާ ކެންސަލް ކުރަން ޖެހުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެ މައްސަލަ ހައްލު ކުރުމަށް ވަގުތު ނަގާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
ކޮވިޑް 19 އާ ގުޅިގެން އޮންލައިންކޮށް މަޖިލިސް ޖަލްސާ ކުރިއަށް ގެންދަން ފެށީއްސުރެ ހަމަޖައްސާފައިވާ ގޮތަށް މިއަދުގެ ޖަލްސާވެސް އޮތީ 10:00 ގައި ފަށާ ގޮތަށެވެ.
މިއަދުގެ ޖަލްސާއަށް އިބުތިދާއީ ބަހުސްގެ ގޮތުގައި އެޖެންޑާ ކޮށްފައި އޮތީ، ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސެވެ.
ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދަން އެޖެންޑާ ކޮށްފައި އޮތީ، ސަރުކާރުގެ ފަރާތުން، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ހުށަހަޅުއްވާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސެވެ.
ކޮމިޓީތަކުން ހުށަހަޅާ ކަންތައްތަކުގެ ތެރެއިން މިއަދު ކުރިއަށް ގެންދަން އެޖެންޑާ ކޮށްފައި އޮތީ، މިނިސްޓާ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ މަގާމަށް އައްޔަން ކުރައްވާފައިވާ ސ.ހުޅުދޫ، ޓްރައިސްޓާ އައިމިނަތު ޝައުނާ އަށް ރުހުން ދިނުމުގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ މަސައްކަތެވެ.
މިނިސްޓަރު ޝައުނާއަށް ރުހުން ދިނުމަށް ކޮމެޓީން ވަނީ ފަސްކޮށްފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް