ޒަހަމްތަކަކާއެކު މާލޭގެ މަގެއްގެ މަތީގައި އޮތް މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ ޒަހަމްތަކަކާއެކު މާފަންނު ބިސްބުރު ކައިރީ މަގުމަތީގައި މީހަކު އޮތްކަމުގެ މައުލޫމާތު ރޭ 11:11 ހާއިރު ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެމީހާއަށް ލިބިފައިވަނީ ކިހާވަރެއްގެ ޒަހަމްތަކެއް ކަމެއް ހާމައެއް ނުކުރެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް އެމީހާއަށް އަނިޔާވެފައިވަނީ ކިހިނެތް ކަމާއި މިއީ ކިހިނެތް ހިނގާދިޔަ ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ބިސްބުރު ކައިރީގައި ޒަހަމްތަކަކާއެކު އޮއްވައި ފެނުނު މީހާގެ ފޮޓޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ފޮޓޯގައި ފެންނަ ގޮތުން އެމީހާގެ މޫނަށް ވަނީ އަނިޔާތަކެއް ލިބިފައެވެ. އަދި އެމީހާގެ މޫނުގެ އެކި ތަންތަނުން ލޭ އައިސްފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު