ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު މަރުވެ މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 185 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މަރުވެފައިވަނީ 41 އަހަރުގެ އަންހެނެކެވެ.
މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާއެވެ. އެގޮތުން މިއަދު ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި ދެމީހަކު މަރުވެފައެވެ. މަރުވި ދެ މީހުންގެ ތެރެއިން އެކަކީ 93 އަހަރުގެ ފިރިހެނެކެވެ. ދެ ވަނައަށް މަރުވެފައިވަނީ 82 އަހަރުގެ އަންހެނެކެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 185 އަށް އަރައިފައެވެ. އެއީ 170 ދިވެހިންނާއި 15 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު