އޮޑިޓަރު ޖެނެރަލް ކަމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދު އިތުރު ކޮށްފިއެވެ.
އޮޑިޓަރު ޖެނެރަލް މަގާމުން ހަސަން ޒިޔަތު އިސްތިއުފާ ދެއްވުމާއި ގުޅިގެން ހުސްވެފައިވާ އޮޑިޓަރު ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައި އޮތީ މިއަދު 12:30ގެ ނިޔަލަށެވެ.
ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ، އެ މުއްދަތު މިމަހުގެ 16 ވާ ބުދަ ދުވަހުގެ 12:30ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ކަމާބެހޭ ފޯމު ބަލައިގަތުމަށް މިހާރު ހަމަޖެހިފައި ވަނީ، މިމަހު 15 އަދި 16 ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސް އޮފީހުން ކަމަށް ބުންޏެެވެ. ކަމާބެހޭ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު