ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ސޮފްޓްވެއާ ޑިވެލޮޕާސް ޕޫލެއް އެކުލަވާލަން ނިންމައި، އެއަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިދިޔަ އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، ސޮފްޓްވެއާ ޑިވެލޮޕާސް ރިސޯސް ޕޫލަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާ ކަމަށެވެ. އެގޮތުން އެކަމަށް ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިންނަށާއި 100 ޕަސެންޓް ދިވެހިން ހިއްސާވާ ކުންފުނިތަކަށް އެކަނި ކަމަށް ބުނެފައިވެއެވެ.

ޕްރޮޕޯސަލް މިމަހުގެ 14 ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ވަނީ އެދިފައެވެ. އަދި ހޯމަ ދުވަހުގެ ކުރިން އިންކުއަރީތައް ހުށަހަޅަންޖެހޭ އިރު، ހުރިހާ ލިޔެކިޔުމެއް ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށެވެ.