ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ޓަކައި ޓޫރިޒަމް މިނިސްޓްރީއާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން ހިންގާ ހަރަކާތްތައް ވިލަރެސްކޮށް ކުރުމަށް ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓްއަރިން ކޮމިޓީ، އެކުލަވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މައިލމާތު ދޭ ގޮތުގައި، މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ކުލަގަދަ ކޮށް ފާހަގަކުރުމަށް ޓަކައި ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމާއި ޓޫރިޒަމް އިންޑަސްޓްރީއާއި އެ އިންޑަސްޓްރީއާ ގުޅިފައިވާ އެހެން ފަރާތްތަކުގެ ބައިވެރިވުން އޮންނަ ގޮތަށް ރާއްޖޭގެ ސިޓީތަކާއިި އަތޮޅުތަކުގައި ތަފާތު ހަރަކާތްތައް ހިންގާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމެވެ.
މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ ގޯލްޑަން ޖުބްލީގެ ހަރަކާތްތަކުގެ ކަލަންޑަރާއި ބޭނުން ވާ ބަޖެޓާއި އިންތިޒާމުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ޖަމިއްޔާތަކުގެ މަޝްވަރާއާއެކު އެކުލަވައިލި 11 މެންބަރުންގެ ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓްއަރިން ކޮމިޓީގެ ޗެއާއަކީ ޓޫރިޒަމް މިނިސްޓްރީއެވެ. މޮ ކޮމެޓީގައި ދެން ހިމެނޭ މެންބަރުންނަކީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް ގެސްޓްހައުސް އެސޯސިއޭޝަން، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް އެލަޔަންސް އޮފް ޑައިވް އޮޕަރޭޓާސް، މިޔުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް، ޗެފްސް ގިލްޑް އޮފް މޯލްޑިވްސް، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް އަދި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެވެ.
ޓޫރިޒަމް ގޯލްޑަން ޖުބްލީ ސްޓްއަރިން ކޮމިޓީގެ އިދާރީ މަސައްކަތްތައްވެސް ކުރާނީ ޓޫރިޒަމް މިނިސްޓްރީންނެވެ. އަދި މި ކަމަށް ޓަކައި ހާއްސަ ޓާސްކްފޯހެއްވެސް މިހާރު އެކުލަވައިލައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް