ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑު ސިސްޓަމް މާދަމާ ރޭ އަޕްގްރޭޑް ކުރާތީ މުހިންމު މުއާމަލާތްތައް އޭގެ ކުރިން ނިންމުމަށް ބޭންކުން ކަސްޓަމަރުންގެ ކިބައިން އެދެފިއެވެ.
ބީއެމްއެލުން ބުނީ، ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް މާދަމާ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް ކުރިއަށްދާނެ ކަމަށާއި އެ ގަޑިތަކުގައި ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް ވަގުތީ ގޮތުން މެދުކަނޑާލެވޭނެ ކަމަށެވެ.
ބޭންކުން ވަނީ އެ ގަޑިތަކުގައި ކާޑު ބޭނުންކޮށްގެން ހިންގޭ ހުރިހާ ހިދުމަތެއް މެދުކަނޑާލާނެތީ، ކާޑު ބޭނުންކޮށްގެން މުހިންމު މުއާމަލާތެއް ކުރަންޖެހޭނަމަ، އެ މުއާމަލާތެއް ކުރިން ނިންމުމަށް އެދިފައެވެ.
އެގޮތުން އޮންލައިން ފައިސާ ދައްކަންޖެހޭ މުއާމަލާތްތަކާއި ކާޑުން ކުރާ ބޭރުގެ މުއާމަލާތްތައް ފަދަ މުހިންމު މުއާމަލާތްތައް ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ނިންމުމަށް ބޭންކުން ވަނީ އެދިފައެވެ.
ބީއެމްއެލުން އިތުރަށް ބުނީ، ކާޑު ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހިނގަމުންދިޔަ ނަމަވެސް އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު