ޚަބަރު

މިމަހުގެ 10ގެ ކުރިން ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ: އެސްޓީއޯ

އަލީ ޔާމިން

ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރުމަށް މިހާރު ރެޖިސްޓާކޮށްފައިވާ ފަރާތްތަކުގެ ބޭންކް އެކައުންޓަށް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޑިވިޑެންޓް ޖަމާކޮށްދޭނެ ކަމަށް ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.

އެސްޓީއޯއިން މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 60 ރުފިޔާގެ މަގުން ބެހުމަށް ނިންމައިފައެވެ.

އެސްޓީއޯއިން މިއަދު ބުނީ، ރެޖިސްޓާކޮށްފައިވާ ފަރާތްތަކަށް މިމަހުގެ 10ގެ ނިޔަލަށް ހިއްސާގެ ފައިދާ ޖަމާކުރާނެ ކަމަށާއި ހިއްސާދާރުގެ ބޭންކް އެކައުންޓް ކުންފުނީގައި ރެޖިސްޓަރީކޮށްފައި ނުވާ ހިއްސާދާރުން "ހިއްސާގެ ފައިދާ ބޭންކަަށް ޖަމާކުރުމަށް އެދޭ ފޯމު" ފުރިހަމަ ކުރުމަށް ފަހު [email protected] އަށް މެއިލް ކުރުން އެދޭ ކަމަށެވެ.

އެސްޓީއޯއިން އިތުރަށް ބުނީ ފޯމު ހުށަހަޅާތާ ހަފުތާއެއްގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދޭނެ ކަމަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ހިއްސާއަކަށް ބަހާފައިވަނީ 58 ރުފިޔާއެވެ.