ލިވަޕޫލްގެ ޑިފެންޑަރު އެލެކްސެންޑްރާ އާނޯލްވެސް ސްކޮޑުގައި ހިމަނައި އިންގްލެންޑުން ޔޫރޯ 2020 އަށް ފައިނަލް ސްކޮޑު އިއުލާންކޮށްފިއެވެ.
ސީޒަނުގައި ފޯމު ދަށްވެ، އިންގްލެންޑުން އެންމެ ފަހުން ކުޅުނު ދެތިން މެޗުގައިވެސް އާނޯލްޑް ސްކޮޑަށް ނަގައިފައެއް ނުވެއެވެ. ކޯޗު ގެރެތު ސައުތުގޭޓަށް އާނޯލްޑާ ދޭތެރޭ އިތުބާރު ގެއްލިފައިވާތީ އޭނާ ސްކޮޑަށް ނުނަގާނެ ކަމަށް ގިނަ މީޑިއާތަކުންވެސް ވަނީ ބުނެފައެވެ. ސްކޮޑުގައި އާނޯލްޑް ހިމަނާފައި ވަނީ މިއަދު މޭސަން ގްރީންވުޑް އަމިއްލައަށް ސްކޮޑުން ބޭރުވުމުން، ފަހު ވަގުތު ނިންމި ނިންމުމެއްގެ ގޮތުން ކަމަށްވެސް ނޫސްތަކުން ބުނެފައިވެއެވެ.
އިންގްލެންޑުން ފުރަތަމަ 33 ކުޅުންތެރިންގެ ސްކޮޑެއް އިއުލާން ކޮށްފައިވާ އިރު، ސްކޮޑު ފައިނަލް ކުރަން ފަހު ދުވަހަށް މަޑުކުރީ ބައެއް ކުޅުންތެރިން އަނިޔާގައިވެސް ތިބުމާއެކުގައެވެ. ހެރީ މެގުއާއާއި ޖޯޑަން ހެންޑަސަން އަދިވެސް އަނިޔާގައި ތިބި އިރު، އެ ދެކުޅުންތެރިންވެސް ސައުތުގޭޓް ވަނީ ފައިނަލް ސްކޮޑުގައި ހިމަނައިފައެވެ. ސްކޮޑުން ބޭރުވީ ޖެސޭ ލިންގާޑް، ޖޭމްސް ވާޑްޕްރައުސްގެ އިތުރުން ގޯލްކީޕަރު އާރޮން ރެމްސްޑޭލް، ޑިފެންޑަރު ބެން ވައިޓް، ބެން ގޮޑްފްރޭ، އޮލީ ވޮޓްކިންސް އަދި މޭސަން ގްރީންވުޑެވެ.
ސައުތުގޭޓް ކޯޗުކަމާ ހަވާލުވި ފަހުން އިންގްލެންޑް ޓީމަށް ކުޅުންތެރިން ނެގުމުގައި ވަކި ޓީމުތަކަކަށް ފޯކަސް ނުކޮށް ލީގުގެ ގިނަ ކްލަބުތަކަކަށް ފޯކަސް ކުރުމަކީ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަންތަކެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕަށް ދިޔަ އިންގްލެންޑް ޓީމުންވެސް އެފަދަ ކަންކަން ފާހަގަވެފައިވާ އިރު، އެ މުބާރާތަކީ އިންގްލެންޑަށް ކާމިޔާބު މުބާރާތެކެވެ. މިފަހަރުގެ ސްކޮޑުންވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ އިނގިރޭސި ގިނަ ކްލަބުތަކަކުން ކުޅުންތެރިން ސްކޮޑުގައި ހިމަނާފައިވާ ކަމެވެ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020