ޔޭ ރިޝްތާ ކިޔާ ކެހެލާތާގެ ނައިތިކުގެ ރޯލުން ފެނިގެން ދިޔަ ކަރަން މެހެރާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ކަރަން ހައްޔަރުކޮށްފައިވަނީ ދެމަފިރިންގެ މެދުގައި ހިނގި ހަމަނުޖެހުމަކަށްފަހު އަންހެނުން ނިޝާ ރަވަލް ފުލުހަށް ކުރި ރިޕޯޓަކާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އެކްޓަރު ކަރަން މެހެރާއާ ދެކޮޅަށް އޭނާގެ އަންހެނުން ނިޝާ ރަވަލް ހުށަހެޅި މައްސަލައެއް މުމްބާއީ ޕޮލިސް ސްޓޭޝަންގައި ފައިލްކުރެވި މައްސަލަ ބަލަމުން އަންނަކަން ފުލުހުން ޔަގީންކޮށްދީފައިވާ ކަމުގައި އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.
ކަރަން ހައްޔަރުކޮށްފައިވާއިރު، އަންހެނުން އަދި ބަތަލާ ނިޝާ ރަވަލް ވަނީ އެމީހުންގެ ދަރިފުޅާއެކު އެއާޕޯޓުގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. ނަމަވެސް އެއީ މިފަހުން ނަގާފައިވާ ފޮޓޯއެއް ކަމެއް ނުވަތަ ކުރިން ނަގާފައިވާ ފޮޓޯއެއް ކަމެއް ސާފެއް ނުވެއެވެ.
ކަރަން އާއެކު ނަގާފައިވާ ފޮޓޯއެއް ނިޝާ އެންމެ ފަހުން ހިއްސާކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.
މިދެތަރިންގެ މެދުގައި މައްސަލަތައް ޖެހިގެން އުޅޭ ކަމުގެ އަޑުތަކެއް ވަނީ މިދިޔަ މަހުގެ ތެރޭގައި ފެތުރިފައެވެ. އެ ވާހަކަތަކާ ގުޅޭ ގޮތުން މީޑިއާއަކުން ކަރަންއަށް މީގެ ކުރިން ސުވާލު ކުރުމުން އޭނާ ބުނެފައިވަނީ އެއީ ކިހިނެއް ފެތުރިގެން އުޅޭ ވާހަކަތަކެއް ކަމެއް ނޭނގޭ ކަމަށާއި އެކަހަލަ ކަމެއް ނޫޅޭ ކަމަށެވެ. އަދި އެވާހަކަތަކާ ގުޅިގެން ނިޝާއަށްވެސް ސުވާލުތައް ކުރިމަތިކުރުވާ ކަމަށާއި ނަމަވެސް އެކަހަލަ ކަމެއް ނޫޅޭކަން އޭނާވެސް މީހުންނަށް ޔަގީންކޮށްދޭ ކަމުގައި ކަރަން ބުނެފައިވެއެވެ.
ކަރަން އާއި ނިޝާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު 24 ގައެވެ. މިދިޔަ އަހަރު ކައިވެންޏަށް 8 އަހަރު ފުރުން ފާހަގަކޮށް، ކަރަން ވަނީ އަންހެނުން ނިޝާއަށް ލޯބީގެ މެސެޖަކާއެކު އިންސްޓަގުރާމުގައި އޭނާއަށް ތަހުނިޔާ ކިޔައިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން