މާލޭ ސަރަހައްދު ހިމެނޭ ގޮތަށް މޮނީޓަރިންގެ ހާލަތަށް ލާފައިވާ ރަށްތަކުގެ ދަރިވަރުންނަށް ދިރާސީ އަހަރުގެ ފަހު އިމްތިހާނު ނޯންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ރާއްޖޭގެ 72 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދިރާސީ އަހަރު ނިމެނީ އަންނަ މަހު 24 ގައި ކަމަށާއި އަހަރުގެ ފަހު އިމްތިހާން ގްރޭޑް ހަތަކުން ފެށިގެން މަތީ ދަރިވަރުންނަށް ދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ އިމްތިހާނު ހަދާނީ ދަރިވަރުން ސްކޫލުތަކަށް ހާޒިރުވެގެން ކަމަށެވެ. އެނޫން ރަށްރަށުގައި ދޭނީ ޓީޗާ ބޭސްޑް އެސެސްމަންޓެއް ކަމަށް ވިދާޅުވިއެވެ.
"މިހާރު އިންތިޒާމު ރޭވިފައި އޮތް ގޮތުން ސްކޫލަށް ހާޒިރުވެވޭ ސްކޫލުތަކުގައި މިދެނީ ޕޭޕާ ބޭސްޑް އެގްޒާމެއް. ސްކޫލަށް ނާދެވޭ، މޮނީޓަރިންގައި ހުރި ރަށްތަކަށް ޓީޗާ ބޭސްޑް އެސެސްމަންޓެއް،" މިނިސްޓަރު ވިދާޅުވި އެވެެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ އެސަސްމަންޓްތަކުގެ ބޭނުމަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުން ކަމަށެވެ.
އެ އެސެސްމަންޓުތައް ތައްޔާރުކުރާނީ އެ ސްކޫލެއްގެ ޓީޗަރުންނެވެ. އެސެސްމަންޓުތައް ތައްޔާރުކުރުމުގައި އެޑެކްސަލްގެ އެހީތެރިކަން ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮވިޑާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އަހަރަށް ގެނައި ބަދަލާއެކު ދިރާސީ އަހަރު ފެށޭނީ ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު