ނެސްކެފޭގެ އާ ވީޑިއޯ އިޝްތިހާރު ލޯންޗުކޮށްފިއެވެ.

މި އިޝްތިހާރުގައި ހިމެނޭ ލަވައަކީ ދިވެހިންގެ ކަންފަތުގައި އެތައް އަހަރެއް ކުރީއްސުރެ ހަރުލާފައިވާ މަޝްހޫރު ލަވައެކެވެ.

"ކޮންމެ ދުވަހެއް ކޮންމެ ވަގުތެއް އެންމެނަށް ގުޅުވާލަދޭ މީ ނެސްކެފޭ" މި ލަވަ އެންމެ ފުރަތަމަ ދިވެހިންގެ ތެރެއަށް ތައާރަފު ވެގެން އައީ 1990ގެ އަހަރުތަކުގެ ތެރޭގައެވެ.

އޭގެ އެތައް އަހަރެއް ފަހުން މި އިޝްތިހާރުގެ ލަވަ އާ މިއުޒިކާއި މެލޮޑީއާއެކު ދިވެހިންނާ ހަމައަށް ގެނެސްދީފައި ވަނީ ހިސްޓޯރިއާ މިޔުޒިކް ސުޓޫޑިއޯއިންނެވެ. ނެސްކެފޭ އިޝްތިހާރުގެ ލަވަ ކިޔާފައިވަނީ އިތުރު ތައާރަފަކަށް ބޭނުން ނުވާނެ މަޝްހޫރު ލަވަ ކިޔުންތެރީން ކަމަށްވާ މީރާ އަދި ފުއްފުއެވެ.

ޒަމާނާ އެއްގޮތަށް ބަދަލުކޮށްފައިވާ ނެސްކެފޭ އިޝްތިހާރުގެ އާ ލަވައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ، ސްކައިރޮކް ބޭންޑުގެ މޮޅު މިޔުޒިކުންނެވެ. އެ އިޝްތިހާރު ޕްރޮޑިއުސްކޮށްފައި ވަނީ ބްލިންކް މީޑިއާއިންނެވެ.

ނެސްކެފޭ މޯލްޑިވްސްގެ ފޭސްބުކް ޕޭޖުގައި ނެސްކެފޭ އިޝްތިހާރުގެ އާ ލަވަ ލޯންޗުކޮށްފައިވާއިރު، އެ ލަވައަށް މިހާރުވެސް ވަނީ ތިން ލައްކައާ ގާތަށް ވިއުސް ލިބިފައެވެ.

ނެސްކެފޭއަކީ ދިވެހިންގެ ދިރިއުޅުމާއި ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ބުއިމެވެ. ދިވެހިންގެ މެދުގައި މަގުބޫލު މި ބުއުމަކީ ކޮންމެ ދުވަހެއްގެ ފެށުންވެސް މެއެވެ.

ނެސްކެފޭ ރާއްޖެ އެތެރެކޮށް މާކެޓްކޮށް ޑިސްޓްރިބިއުޓް ކުރަނީ ލިލީ އެންޓަޕްރައިޒުންނެވެ.