ދިރާގުން މަމެން ޑޭޓާ އެޑް އޮންސްތަކުން 50 ޕަަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން މަމެންގެ ބައެއް ޑޭޓާ އެޑް އޮން ތަކުން އަންނަ މަހުގެ 30ގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށެވެ.
ޑޭޓާ އެޑް އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް އޮންތައް ބަލައިލެވޭނެއެވެ. އެގޮތުން މަމެން އެޑްއޯން ޕެކޭޖުގައި 2ޖީބީ އާއި 3ޖީބީ އަދި 6 ޖީބީގެ އިތުރުން 12 ޖީބީގެ އެޑް-އޯންސްތައް ވެސް ހިމެނެއެވެ.
ހުރިހާ ކަސްޓަމަރުންވެސް އެޑްއޯންސް ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން ބަލައިލެވޭނެއެވެ.
ދިރާގު މަމެން އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފު ކުރި، އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި އިންގިލާބީ މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭނަކީ ޒުވާނުންގެ މެދުގައި ނުހަނު މަގުބޫލުކަން ހޯދާފައިވާ އެޕެއްކަން ވެސް ފާހަގަކޮށްލެވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު