ޕްރިޔަންކާ ޗޯޕްރާ މިވަނީ އޭނާގެ އުފާވެރި ކައިވެނީގެ ފަހަތުގައި ވާ ސިއްރަކީ ކޮބައި ކަމާއި ލޯތައް ހުއްޓިގެން ދިޔަ ބޮޑު ކައިވެނީގެ ހަފުލާ ރޭވިގެން ދިޔަ ގޮތް ބުނެދީފައެވެ.
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޮނަސް އާއެކު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކައިވެނި ކޮށް ޕްރިޔަންކާ އަދި ނިކްގެ ކުލަގަދަ ކައިވެނީގެ ދެ ހަފުލާ އޭރު ބާއްވާފައިވެއެވެ.
ހިންދޫ އަދި ކްރިސްޓިއަންގެ ސަގާފީ އާދަކާދަތަކާ އެއްގޮތަށް މި ދެކައިވެނި ކުރެވިގެން ދިޔައީ އިންޑިއާގެ ޖޯދުޕޫރުގެ އުވައިދު ބަވަން ޕެލަސްގައެވެ.
ވޯގު އޮސްޓްރޭލިއާ އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ގާތު ކާމިޔާބު ކައިވެންޏެއްގެ ފަހަތުގައި ވާ ސިިއްރަކީ ކޮބައިތޯ އަހާފައި ވެއެވެ. އޭގެ ޖަވާބުގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ކައިވެންޏަށް އަދި މިވީ އެންމެ ދެ އަހަރު ކަމަށާއި އެކަމާ ގުޅޭ ގޮތުން މާބޮޑު އެއްޗެއް ބުނަން ނޭނގުނު ނަމަވެސް އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ އެކަކު އަނެކަކާ ރަނގަޅަށް މުއާމަލާތް ކުރުން ކަމަށް ބުނެފައި ވެއެވެ.
''ދެމީހުން އެކުގައި އިށީނދެ، ކަންތައްތަކާ ވާހަކަ ދެއްކުން. އަދި އެކުގައި އުފާވެރި ވަގުތު ހޭދަކުރުން'' ޕްރިޔަންކާ ބުނެފައި ވެއެވެ. އަދި 2018 ވަނަ އަހަރު ބޭއްވި، އެންމެންގެ ސަމާލުކަން ހުއްޓިގެން ދިޔަ ކައިވެނީގެ ހަފުލާއަކީ ދެމަސްދުވަހުގެ މަސައްކަތް ކަމުގައި އޭނާ ވަނީ ބުނެފައެވެ. ''ކަންތައްތަކާ ވިސްނައި މަޝްވަރާކުރަން މާގިނަ ދުވަހެއް ނުލިބޭ. އެކަމަކު އެހުރިހާ ކަމެއް ހަމަޖެހިގެން ދިޔައީ އެންމެ ފުރިހަމައަށް. ހަފުލާ ރޭވިގެން ގޮސްފައިވަނީ އެންމެ ބަރާބަރަށް'' ޕްރިޔަންކާ މި އިންޓަވިއުގައި ވަނީ ކިޔައިދީފައެވެ.
އޭނާގެ މަސައްކަތާ ގުޅޭ ގޮތުން ޕްރިޔަންކާ ބުނެފައިވަނީ އާމްދަނީ ހޯދަން ކުރާ މަސައްކަތަކީ ވަރަށް ގަޔާވެގެން ކުރާ ކަމެއް ކަމަށެވެ. ކޮންމެ ދުވަހަކު ހޭލައިގެން މަސައްކަތަށް ދަނީ ކުރާ ހިތްވާ ކަމެއް ކުރަން ކަމަށާއި އެ ނަސީބު އެއީ ދުނިޔޭގައި ވަރަށް މަދު ބަޔަކަށް ލިބޭ ނަސީބެއް ކަމަށާއި އޭނާ އަކީ އޭގެ ތެރެއިން އެކަކު ކަމަށްވެސް ޕްރިޔަންކާ ވަނީ ބުނެފައެވެ.
ޕްރިޔަންކާ އަދި ނިކް ޖޮނަސް އެންމެ ފުރަތަމަ ވާހަކަ ދައްކަން ފަށާފައިވަނީ ޓުވިޓާއިންނެވެ. 2017 ވަނަ އަހަރު ލޮސް އެންޖެލިސްގެ ވެނިޓީ ފެއާ އޮސްކާސް ޕާޓީން ދިމާވުމަށްފަހު ލޮސް އެންޖެލިސްގައި ބިއުޓީ އެންޑް ދަ ބީސްޓު އެކުގައި ބެލުމަށް މި ދެ ތަރީން ވަނީ ބައްދަލުކޮށްފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން