ކާފިއު ނޫން ގަޑިތަކުގައި ބޭރުގައި އުޅުމަށް ކޮންމެ ގޭބިސީއަކަށް ދެ ފާސް ދޭން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލް އަޒީޒު ވިދާޅުވީ ކާފިއު ގަޑި ހަވީރު 4:00 އިން ހެނދުނު 8:00 އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށާއި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނުކުމެވޭނީ ހުއްދައާއެކު ކަމަށެވެ.
"ކާފިއު ގަޑި ނޫން، ކާފިއު ނުހިންގަން މި އޮންނަ ގަޑި ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ދޭތެރޭ މި އޮންނަ ގަޑީގައި ބޭރަށް ނުކުމެ އުޅުމުގައި އިތުރު ރެސްޓްރިކްޝަންތަކެއް، އިތުރު ހިފެހެއްޓުންތަކެއް ހުންނާނެ ގޮތަށް މިވަނީ ނިންމިފައި. އެގޮތުން ގެއިން ނުކުތުމަށް ރެސިޑެންޝަލް ޕާމިޓެއް، ކޮންމެ ގޭބިސީއަކަށް ވެސް ދެ ޕާމިޓެއް ދޫކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ކޮންމެ ގެއަކުން ވެސް ބޭރަށް ނުކުތުމަށް ޕާމިޓެއް ދޫކުރެވޭނެ ކަމަށާއި އެ ޕާމިޓް ދޫކުރެވޭނީ ދުވާލުގެ ކާފިއު ނޫން ގަޑިތައް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00 އަށް އަދި އަނެއް ޕާމިޓްތައް ދޫކޮށްފައި ހުންނާނީ މެންދުރު 12:00 އިން ހަވީރު 4:00 އާ ހަމައަށް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު