މިމަހުގެ ހަ ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއަށްފަހު ވޭތުވެދިޔަ ފުރަތަމަ 20 ގަޑިއިރުގެ ތެރޭގައި، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް ނަޝީދުގެ އާއިލާ އާއި ޑޮކްޓަރުން ވިދާޅުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބުދުﷲ، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ރައްދު ދެއްވައިފިއެވެ.
އީވާ މިހެން ވިދާޅުވެ ރައްދު ދެއްވީ، ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަރުވާދެމުންދިޔަ އޭޑީކޭ ހޮސްޕިޓަލަށް އެރޭ ވަޑައިގެންނެވުމަށްފަހު، މީޑިއާއަށް މައުލޫމާތުދެއްވަމުން، އެ ހަމަލާގައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާ ނުވާކަމަށް ވިދާޅުވެ އިމްރާން ދެއްކެވި ވާހަކަ ދިފާއުކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވުމުންމެވެ.
އެ ހަމަލާގައި ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާ ވަރުގެ އަނިޔާއެއް ލިބިވައިގެންފައިނުވާ ކަމަށް، އިމްރާނު އޭރު ވިދާޅުވެފައި ވާތީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާނަށް ގިނަ ސުވާލުތަކެއް އަމާޒުވިއެވެ.
އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ކުރެއްވި ސުވާލާ ގުޅިގެން އިމްރާން ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭގޮތުން އެ ރޭ ވާހަކަ ދެއްކެވި އޭޑީކޭގެ ޑޮކްޓަރުން، ރައީސް ނަޝީދުގެ އާއިލާގެ ބޭފުޅުންނާ ހިއްސާ ކުރެއްވި މައުލޫމާތުގެ އަލީގައި ކަމަށެވެ.
އިމްރާން އެހެން ވިދާޅުވުމާ ގުޅިގެން ހިތްހަމަޖެހިވަޑައިނުގެން ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ވިދާޅުވީ އެ ހަމަލާއަށްފަހު ފާއިތުވި 20 ގަޑިއިރުގެ ތެރޭގައި އާއިލާއިން އަދި ޑޮކްޓަރުން ވެސް ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް ވިދާޅުވާނެ ކަމުގައި ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިނިސްޓަރުގެ އެ ވާހަކަފުޅަކީ ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ދިން މައުލޫމާތަށް ވިދާޅުވުމުން ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު