ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ސިއްހީ ހިދުމަތްތެރީން މަދު ކަމަށާއި ނަމަވެސް ދޭން ޖެހޭ ހިދުމަތްތައް ދޭނެ ކަމަށް ހުޅުމާލޭ މެޑިކަލް ފެސިލިޓީއާ ހަވާލުވެ ހުންނެވި ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 188 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.
މާރިޔާ ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީވެސް ފުރުމާ ގާތް ވެފައި ވާއިރު، އެތަނުގައި ތިބި ބަލި މީހުންނަށް އެންމެ އެކަށީގެން ވާ ފަރުވާ ދިނުމަށް ސިއްހީ ހިދުމަތްތެރީން ނެތް ކަމަށެވެ.
"ބަލި މީހުންނާ ބަލާއިރު ސްޓާފުން މަދު. ނަމަވެސް ބަލި މީހަކަށް ދޭން ޖެހޭ ފަރުވާއެއް ނުދީގެން، އެފަދަ ހާލަތެއް މެދުވެރި ނުވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ" މާރިޔާ ވިދާޅުވިއެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި މިވަގުތު 34 ޑޮކްޓަރުންނާއި 116 ނަރުހުން އެކި ޝިފްޓް ތަކަށް ބަހާލައިގެން މަސައްކަތް ކުރެއެވެ.
ރާއްޖޭގައި ބައިލައްކައަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، 294 މީހަކަށް އަންނަނީ ފެސިލިޓީތަކުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު