ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް ހަތަރު ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި، ހާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ އާންމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި، އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ، ރާއްޖެއާ ދުރުން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ އިތުރަށް ބާރު ގަދަވެ ތޫފާނަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ. ނަމަވެސް ކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށް ލަފާ ކުރެވޭ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު