ސައުދީ އަރަބިއާގެ ޖަޒަން ފަރުބަދަމަތީ ސަރަހައްދުގައި ހިމެނޭ ކޮފީގަސްތަކުގައި މާ އަޅާފައިވާ ފޮޓޯތަކެއް އާއްމުކޮށްފިއެވެ.
އެސަރަހައްދުގައި ހިންގަމުން އަންނަ ކޮފީ ފާމުތަކުގައި ކޮފީ ގަސްތަކުގައި މާ އަޅާފައިވާ ފޮޓޯތަކެއް އާއްމުކޮށްފައިވަނީ ސައުދީ ޕްރެސް އޭޖެންސީންނެވެ.
ޖަޒަން ސަރަހައްދުގައި ހިންގަމުން އަންނަ ކޮފީ ފާމުތަކުގައި ހިމެނޭ ކޮފީގަސްތައް ހުދުކުލައިގެ މަލުން ބަރާވެފައިވާ ކަމަށާއި، މިއީ މިއަހަރު ކޮފީ އުފައްދައިދޭނެ މިންވަރު އިތުރުކޮށްދޭނެ ކަމުގެ ފެހި ސިގުނަލެއްކަމުގައި ސައުދީ އަރަބިއްޔާގެ ނޫސް މަޖައްލާ އަރަބް ނޫހުގައި ބުނެފައި ވެއެވެ.
ކޮފީ އުފެއްދުމުގެ ވިޔަފާރިއަކީ މިސަރަހައްދުގެ އިގުތިސާދުގެ މުހިންމު ބަޔަކަށް ވެފައި މިއީ ސައުދީ ޝާހީ އާއިލާއިންވެސް ހާއްސަ އަހައްމިޔަތުކަމެއް ދެމުން އަންނަ ދާއިރާއެއް ކަމުގައި ވެއެވެ.
މިދާއިރާއިން ލިބޭ އާމްދަނީއަށް އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އާއިލާތަކެއް ބަރޯސާވެއެވެ. ހައުލާނީ ކޮފީ ބީންތައް ހައްދަމުން އަންނަ މިސަރަހައްދުގައި ކޮފީ އުފައްދައިދޭ މިންވަރު ފާއިތުވި އަހަރުތަކުގެ ތެރޭގައިވަނީ %70 ވަނީ އިތުރުވެގެން އައިސްފައެވެ.
ސައުދީ ޕްރެސް އެޖެންސީގެ ކެމެރާތަކުގެ ލެންސަށް މިސަރަހައްދުގެ ދަނޑުވެރިކަމަށް ދޫކޮށްފައި އޮންނަ އައްދާޔަރު ބަނީ މާލިކުގެ ޓެރަހުގައި ހުރި ހުދު މަލުން ބަރާވެފައިވާ ކޮފީގަސްތައް އަރާފައިވާއިރު އެސަރަހައްދު އެއްވަސްވެފައި ވަނީ މީރު ލުއި ކޮފީ ވަހުން ކަމުގައި ވަނީ ބުނެފައެވެ.
ކުރިއަށް އޮންނަ ވާރޭ މޫސުމާ ދިމާކޮށް މާޗްމަހުގެ ފަހުކޮޅު ކޮފީގަސްތަކުގައި އާއްމުކޮށް މާ ނުކުންނަން ފަށައެވެ. އަދި މިކަމަށް 3-4 ދުވަސް ހޭދަވެއެވެ. މާ އަޅާ ފުރިހަމަވުމަށްފަހު ކޮފީ ބީން ނުކުންނަން ފަށައި ރަނގަޅަށް ހެދިގަތުމާ ދެމެދު 6 މަހުގެ މުއްދަތެއް ހޭދަވެއެވެ. މި މުއްދަތަކީ ވަރަށް ސަމާލުކަން ދޭން ޖެހޭ މުއްދަތެކެވެ. އެހެނީ ވާރޭގައި ގަސްތައް ހަލާކުވިޔަ ނުދީ ގާތުން ބެލެހެއްޓުމަށް ދަނޑުވެރިން މިމުއްދަތުގައި ގަސްތަކަށް ވަރަށްބޮޑަށް ސަމާލު ވާން ޖެހެއެވެ.
ކުރިއަށް އޮންނަ ދުވަސްތަކުގައި ކޮފީ އުފައްދައިދޭނެ މިންވަރު އަންދާޒާކޮށް ހިސާބުކުރުމަށް ގަސްތަކުގައި މާ އަޅާ މިންވަރަށް ބަރޯސާވެ ދަނޑުވެރީން ދިރާސާތައް ކުރެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް