އެމް-ފައިސާއަށް ރެޖިސްޓާކޮށް، ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.

އުރީދޫން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެމް-ފައިސާގެ ރެޖިސްޓްރޭޝަން ފުރިހަމަކޮށް 500 ރުފިޔާގެ ކޭޝް-އިން ކުރާ ފަރާތްތަކުގެ އެމް-ފައިސާ ވޮލެޓަށް 50 ރުފިޔާ ޖަމާވެގެންދާނެ ކަމަށެވެ. އަދި އަލަށް ރެޖިސްޓްރޭޝަން ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން އެމް-ފައިސާ މެދުވެރިކޮށް 500 ރުފިޔާއަށް ވުރެ މަތިން ޔުޓިލިޓީ ބިލު ދައްކާ ކަސްޓަމަރުންގެ ވޮލެޓަށް 25 ރުފިޔާ ޖަމާވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލުތަކަށް އެއްތަނަކުން ފައިސާ ދެއްކުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތައް ހިމެނެއެވެ.

  • އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާއަށް ރެޖިސްޓާ ކުރައްވާ
  • އަޕްގްރޭޑަށް ފިތާލައްވާ
  • މައުލޫމާތު ފުރާލުމަށްފަހު އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ، ޕާސްޕޯޓް ކޮޕީ ނުވަތަ ވޯކް ޕާމިޓް ކޮޕީ އަޕްލޯޑް ކުރުމަށްފަހު ސަބްމިޓް ކުރައްވާ
  • އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app
  • އެމް-ފައިސާ ހިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ
  • މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ
  • މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ
  • ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ
  • ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ކަސްޓަމަރުންނަށް މޮބައިލް ފޯން ބޭނުންކޮށްގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ގާތް ތިމާގެ މީހުންނަށް ފައިސާ ފޮނުވައި، އުރީދޫ ޕްރީޕެއިޑް އެކައުންޓް ރީޗާޖްކޮށް، ތަފާތު ވިޔަފާރި ކުރުމުގެ އިތުރުން، ބިލު ވެސް ދެއްކޭނެއެވެ. އެގޮތުން މޮބައިލް ފޯނު ބޭނުންކުރާ އެންމެހާ މީހުންނަށް، ހުރިހާ ޔޫޓިލިޓީ ބިލުތަކެއް އެންމެ ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް ދައްކައިލެވޭނެއެވެ. ބީއެމްއެލް، އެސްބީއައި، އެމްއައިބީ، އިންޓަނެޓް ބޭންކިން އަދި އެމް-ފައިސާ އޭޖަންޓްސް މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓަށް ފައިސާ ޖަމާ ކުރެވޭނެއެވެ.