ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ އަބްދުﷲ ސޯދިގު (ސޯދުބެ) ކޮވިޑަށް ޕޮޒިޓިވްވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
ސޯދުބެ ކޮވިޑަށް ޕޮޒިޓިވްވީ ސީދާ ކޮން ދުވަހަކު ކަމެއް އެނގިފައެއް ނުވެއެވެ. ސޯދުބެ ކޮވިޑަށް ފަރުވާ ހޯއްދަވަމުން އަންނައިރު އުމުރުފުޅަކީ 85 އަހަރެވެ.
ސޯދުބެ އަކީ ސަރުކާރަށް 55 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. ސޯދުބޭގެ އެންމެ ހާއްސަ ފަންނަކީ އަދަބިއްޔާތުގެ ފަންނެވެ. ބަހުގެ އަދީބެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ސޯދުބެ ވަނީ އަދަބީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ސޯދުބެ ވަނީ ފާހަގަކޮށްލެވޭ ޅެންތަކަކާއި ލަވަތަކަކާއި ރައިވަރު އަދި ބަނދިތަކެއް ވެސް ހައްދަވައިފައެވެ. ޅެންވެރިކަމަށް ސޯދުބެ ނުކުމެވަޑައިގެންނެވީ އުމުރުން އެންމެ އަށް އަހަރުގައެވެ.
މިހާރު ވެސް އަދަބިއްޔާތަށް ހިދުމަތްކުރައްވަމުން ގެންދަވާ ސޯދުބެ ވަނީ ތާރީހީ ގިނަ ހޯދުންތަކެއް ހޯއްދަވައި، އެކަމާ ގުޅޭ ލިޔުންތައް ވެސް ލިޔުއްވައިފައެވެ. ތައުލީމީ ދާއިރާގައި ސޯދުބެ ކުރެއްވި މަސައްކަތްތަކުގެ ތެރެއިން ގިނަ ސްކޫލުތަކަކަށް ކިޔަވައިދެއްވިއެވެ. ސޯދުބެއަކީ އެތައް މުދައްރިސުންތަކެއްގެ މުދައްރިސެވެ. މީގެ ކުރިން ސޯދުބެ ވަނީ އެކި ދާއިރާތަކުން އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު