މިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި، އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވި ފަރާތްތަކަށް ދޭން ޖެހޭ އެލަވަންސް، މި ހަފުތާގެ ނިޔަލަށް ޖަމާކޮށްދީ ނިންމާލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ، އެލަވަންސާ ބެހޭ ގޮތުން ސޯޝަލް މީޑިއާ މެދުވެރިކޮށް މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިންތިހާބު ނިމި ދެމަސް ދުވަސް ފާއިތުވާއިރު، އެކަމުގައި އުޅުނު ފަރާތްތަކަށް އުޖޫރަ ދީ ނިންމާފައި ނުވާއިރު، އެ އިންތިހާބުގައި އިންތިހާބުވެވަޑައިގެނެވި ފަރާއތްތައް ހުވައި ކުރަން ތައްޔާރު ވެފައިވާ ކަމަށްވެސް އެ ފަރާތްތަކުން ކުރި ސުވާލުގައި ފާހަގަ ކޮށްފައި ވެއެވެ.
އެކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޝަރީފް ވިދާޅުވީ، މިހާތަނަށް 2300 އަށް ވުރެ ގިނަ އިންތިހާބީ އޮފިޝަލުންގެ އެލެވަންސް ޖަމާކޮށް ނިމިފައިވާ ކަމަށެވެ. މިހާތަނަށް އެލަވަންސް ޖަމާ ނުކޮށްދެވި ތިބި އޮފިޝަލުންގެ އެލެވަންސް ވެސް މި ހަފުތާގައި ޖަމާ ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް