ސްޓެލްކޯއިން ފަލަސްތީނުގެ ރައްޔިތުންނަސް އެހީވުމަށް ފަސް ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ އިޒްރޭލުގެ ހައްދުފަހަނަ އެޅި އަސްކަރިއްޔާ އިން ދެމުންގެންދާ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި، އެކުންފުނީގެ ސީއެސްއާރުގެ ދަށުން 500،000.00 (ފަސްލައްކަ ރުފިޔާ) "އަހަރުމެން ފަލަސްތީނާއެކު ފަންޑަށް" ހަދިޔާ ކޮށްފައިވާ ކަމަށެވެ.

މި ފައިސާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ހަވާލުކޮށްފައިވަނީ މިއަދު ސްޓެލްކޯ ބޯޑު ރޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސްޓެލްކޯގެ ފަރާތުން މި ފައިސާގެ އެހީގެ ޗެކް އިންޓާނޭޝަނަލް އެއިޑް ކެމްޕެއިނާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ. އައިއޭސީގެ ފަރާތުން ޗެކާ ހަވާލުވެލެއްވީ އެ ޖަމިއްޔާގެ ކެމްޕެއިންގެ ޗެއާމަން އަހުމަދު އިގްބާލެވެ.

ސްޓެލްކޯއިން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން ކުރިއަށް ގެންދާ ފަންޑު ހޯދުމުގެ ހަރަކާތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން އެކުންފުނީގެ ލޮބީ ސަރަހައްދުގައިވެސް ވަނީ ފަންޑުފޮއްޓެއް ބަހައްޓާފައި ކަމަށެވެ.