ނ. ވެލިދުއާއި ށ. ފުނަދޫ އާންމު ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންް ބުނީ އެ ދެރަށްވެސް އާންމު ހާލަތަށް ގެނެސްފައިވަނީ މިއަދު ކަމަށެވެ.
ނ. ވެލިދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރަމުން އައި 16 ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.
ށ. ފުނަދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ހޯމް ކަރަންޓީނުގައި ހުރި މީހެއްގެ ކޮންޓެކްޓެއް އެރަށުން ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ރަށެއް އާންމު ހާލަތަށް ލަނީ އެރަށެއްގެ އާބާދީގެ 30 އިންސައްތަ މީހުންގެ ސާމްޕަލް ނެގުމަށް ފަހު އެ ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވުމުންނެވެ.
ނ. ވެލިދޫ އާއި ށ. ފުނަދޫ އާންމު ހާލަތަށް ގެނެސްފައިވާ އިރު، ރާއްޖޭގެ 50 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ޚަބަރު
ޚަބަރު
ޚަބަރު