މޯހަން މަކިޖާނީ ނުވަތަ މަކް މޯހަންގެ ދަރިން ކަމަށްވާ މަންޖަރީ މަކިޖާނީ ޑައިރެކްޓުކޮށް ވިނާތީ މަކިޖާނީ އުފައްދާ ފިލުމު ސްކޭޓާ ގާލް ޖޫން މަހު ނެޓްފިލްކްސްގައި ޕްރިމިއާ ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރެޗެލް ސަންޗިތާ ގުޕްތާ ސްކޭޓާ ގާލްގެ ރޯލުން ފެންނަ މި ފިލްމުގެ ވާހަކަ ބިނާވެފައި ވަނީ ރާޖަސްތާނުގެ ފުރާވަރު އަންހެން ކުއްޖަކު އެ އަވަށުގެ މީހުންގެ ބޯދާ ވިސްނުމާއި ގަބޫލުކުރުންތަކާ ދެކޮޅަށް އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ.
އިންޑިއާގައި ފުރަތަމަ ފަހަރަށް ސްކޭޓްބޯޑިން އާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ މިފިލްމުގެ ވާހަކަ ލިޔެފައި ވަނީ މިފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދެބޭން ގުޅިގެންނެވެ.
ލޮސް އެންޖެލިސްގައި ދިރިއުޅެމުން އަންނަ މަންޖަރީ މީގެ ކުރިން ކުރު ތިން ފިލުމެއް ވަނީ ޑައިރެކްޓު ކޮށްފައެވެ.
މަޝްހޫރު ފިލްމު ޕްރޮޑިއުސަރުން ކަމަށްވާ ކްރިސްޓޮޕާ ނޯލާން، ޕެޓީ ޖެންކިންސް އަދި ވިޝާލް ބަރުދުވާޖްއާ އެކު ޑަންކާކް، ވޮންޑާ ވުމަން، ސާޓް ހޫން މާފް ފަދަ ފިލްމުތަކުގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަންޖަރީ ވަނީ މީގެ ކުރިން މަސައްކަތްކޮށްފައެވެ.
މަންޖަރީ ޑައިރެކްޓު ކުރާ ފުރަތަމަ ފީޗާ ފިލް ސްކޭޓާ ގާލް އަކީ ބޮޑުވަމުން އަންނައިރު ކަންކަމަށް ކެރުމާއި، ޔަގީންކަން އަދި އަމިއްލަ ހައްގަށް މަސައްކަތް ކުރުމަށް ކުރާ ހިތްވަރު ދައްކުވައިދޭނެ ފިލުމެކެވެ. މިފިލްމު ނެޓްފްލިކްސްގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 11 ގައެވެ.
މަންޖަރީ އަދި ވިނާތީ މަކިޖާނީގެ ބައްޕަ މަކް މޯހަން އަކީ ކުރީގެ ހިންދީ ފިލްމުތަކުގެ ނުބައިބައި ރޯލުތަކުން މަޝްހޫރު ވެފައިވާ ތަރިއެކެވެ. މިހާރު ދުނިޔެ ދޫކޮށްފައިވާ މޯހަން ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޑޮން، ކަރްޒު، ސައްތޭ ޕޭ ސައްތާ، ޒަންޖީރު އަދި ޝޯލޭ ފަދަ ފިލުމުތައް ހިމެނެއެވެ. ގިނަބައެއްގެ މެދުގައި އޭނާ މަޝްހޫރުވެފައިވަނީ ޝޯލޭގެ ސާމްބާގެ ރޯލުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން