މާދަމާވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލު "ވަން" އަށް މިރޭ ވިދާޅުވީ، މިރެ އާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް، ހާއްސަކޮށް މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްްތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްރަށަށް އުދައެރުންވެސް އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ.
އަދި ވިލާގަނޑުގައި 50 މޭލާއި 60 މޭލަށް ވައިގަދަވާނެ ކަމަށާއި ބޭރުކަނޑުގައި ހަތަރު ފޫޓާއި އަށް ފޫޓު އުހަށް ބާނި ލާނެ ކަމަށްވެސް ވިދާޅުވިއެވެ،
އޮފިޝަލް އިތުރަށް އޭނާ ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުން މިދަނީ އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ކަމަށާއި އެ ކޮޅިގަނޑުގެ ބާރު ގަދަވެ މިހާރު ޑީޕް ޑިޕްރެޝަނަށް ބަދަލުވެފައިވާ ކަމަށެވެ. އަދި އެ ކޮޅިގަނޑު ކުރިއަށް އޮތް އަށް ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"ބޮޑަށް މި ލަފާކުރެވެނީ ފަތިހަށް ތޫފާނަކަށް ބަދަލުވާނެ ކަމަށް. ތޫފާނަކަށް ބަދަލުވިޔަސް ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެ. ނަމަވެސް ތޫފާނުގެ ނުސީދާ އަސަރު ކުރާނެ" އޮފިޝަލް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު