މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ފަށައިފިއެވެ.

އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓުވިޓާގައި #EidMomentsMv މި ހޭޝްޓެގް ބޭނުންކޮށްގެން އީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކޮށްލައިގެން މި ކޮންޓެސްޓުގައި ބައިވެރިވެވެއެވެ.

މި ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފަސް ނަސީބުވެރި ފަރާތެއް ހޮވަން ވަނީ ނިންމައިފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތަށް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ދިރާގުން ވަނީ ނިންމައިފައެވެ. އަދި ދެން ހޮވޭ ހަތަރު ފަރާތަށް މުސްހަފަކާއެކު ތަސްބީހައަކާއި މުސައްލައެއް ލިބޭނެއެވެ.

މިއަދު ފާހަގަކުރާ މިއަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ކުރިއަށްގެންދާ މި ހަރަކާތް މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ކުރިއަށްގެންދާނެއެވެ.

މިއަހަރުގެ އީދު ދުވަސް ވެސް ގޭގައި ތިބެގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފާހަގަކުރަން ޖެހުނުކަމުގައި ވިޔަސް، އީދުގެ އުފަލާއި މަޖަލުގައި ހުރިހާ ދިވެހިން ވެސް ބައިވެރިވާނެ ކަމަށް އުންމީދުކުރާ ކަމަށް ދިރާގުން ބުންޏެވެ.