މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުންދިޔައީ މ. ގޯނބިލިގަސްދޮށުގެ، އާމިނަތު ހުމައިނާ ޒަކަރިއްޔާ، 21، އެވެ.
ފުލުހުން ބުނީ މާލެއިން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ މިއަދު މެންދުރުފަހު އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
ހުމައިނާ ގެއްލިގެން ހޯދަން ފުލުހުން އިއުލާން ކުރީ މިދިޔަ ހޯމަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރިޕޯޓްކުރުމާ ގުޅިގެންނެވެ. ފުލުހުން އޭނާ ހޯދަން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު